މި ދިވެހިރާއްޖޭގައިވެސް ސިހުރުގެ އުނދަގުލާއި ވޭނުގައި އުޅެންޖެހިފައިވާ މީހުންމަދެއްނޫނެވެ. ބޭނުންވާ ކަންކަން ހާސިލްކުރުމަށް ސިހުރު ހަތިޔާރަކަށްނަގާ މީހުންވެސް މަދެއްނޫނެވެ. މިފަދަ މީހުންނަށް ސިހުރަކީ އަނެކާގެ މުޅި ދިރިއުޅުން އަނދާ އަޅިއަށްހަދާލާ ބޮޑު ވޭނެއް ކަމެއްވެސް ނޭނގޭކަހަލައެވެ.
މި ފަދަ ހާދިސާތައް ރާއްޖޭގެ އެކި ރަށްރަށުގައި ތަކުރާރުވެފައިވާއިރު، އެފަދަ ހަގީގީ ހާދިސާއަކަށް އަޅުގަނޑު ބަލާލާނަމެވެ. ސިހުރުގެ ހުރި ނުރައްކާތެރިމާއި ބިރުވެރިކަމުގެ ތެރެއިން ގޮތް ނޭނގޭ ދިރިއުޅުމަކަށް ބައެއްގެ ދިރިއުޅުން ބަދަލުވެ އުޅެންޖެހުނު ގޮތުގެ ވާހަކައަކަށް ޖެހިލާނަމަވެ.
………………………………………………..
" ނިދާފައި އޮންނަ އިރު ކަންފަތް ދޮށުގައި މީހަކު ބަރު އަޑަކުންގޮވާ އަޑުއިވެއެވެ. އެ އަޑު އިވެނީ މެންދަމު ދޭއް ނޫނީ ތިނެއް ޖަހާއިރުއެވެ. މިއީ ފާއިޒާ ( އަސްލު ނަމެއްނޫން) ކޮންމެ ރެއަކު އުޅޭން ޖެހިފައިވާ ހާލެވެ. މެދު ރާއްޖެ ތެރެއަށް އުފަން ފާއިޒާ އޭނާ އަށް ޖެހިފައިވާ ސިހުރާއި އެސްފީނާގެ ވާހަކަތައް "ހުވަދޫ" އަށް ހިއްސާކުރަމުން ބުނީ ކޮންމެ ރެއަކު ކަހަލަގޮތަށް ބިރުވެރި ހުވަފެނެއް ފެންނަކަމަށެވެ.
"ނިދަން ލޯ މަރާލާގޮތަށް ކޮންމެ ރެއަކުވެސް ހަމަ އެކަކު ހުވަފެނުގައި ފެންނަނީ. އެބިރުވެރި ހުވަފެނާއެކު ހޭލެވެނީ ކަންފަތްދޮށުގައި މީހަކު "އޭއި، އޭއި،" އޯއި ތެތުވޭ،، ކިޔާ ގޮވާ އަޑަށް."
ހޭލެވުމާއި އެކު ވަގުތުން ތެދުވެ ދަމުނަމާދު ކުރަނީ. އެހާ ހިސާބުން ބިރު އެއްކޮށް ކެނޑިގެންދޭ"
ފާއިޒާއަށް ކޮންމެ ރެއަކު ހުވަފެނުގައި ވަކިމީހެއް ފެނުމާއި، ކަންފަތްދޮށުން އިވޭ އަޑުގެ ވާހަކަ ފުރަތަމަ އެއްވެސްމީހެއް ކައިރީ ނުބުނާ ކަމަށް ފާއިޒާ ކިޔައިދިނެވެ. ހޭލެވި ނަމާދު ކުރުމާއެކު ބިރުކެނޑުމުން އެއީ ހީވާހީވުމެއްކަމަށް ނިންމާލެވޭ ކަމަށްވެސްފާއިޒާ ބުންޏެވެ. އެގޮތުގައި އުޅެމުންދަނިކޮށް 2016 ނުވަތަ 2017 ވަނަ އަހަރު ނޭފަތުން މަސްގަޑެއް ދުޅަވެ ނޭފަތަށް އުނދަގޫވާން ފެށިކަމަށެވެ.
"ނޭވާ ހިއްލާ ވަރަށްބޮޑެތި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު. ވަރަށް ގިނަފަހަރަށް ޑޮކްޓަރަށްވެސް ދެއްކުނު. އެކަމަކު ހައްލެއް ނުލިބޭ. އެގޮތަށް އެބަލީގައި އުޅެމުންދިޔަ އިރުވެސް ފަހަރެއްގައިވެސް އެއީ ސިހުރުގެ ބިރުވެރި ކަމެއް ކަމަށް ހިތަކަށްނާރާ. އަބަދުވެސް ނަމާދު ކުރަން. ރޯދަ ހިފަން. ދެނަމާދު ދޭތެރޭ ގުރުއާން ކިޔަވަން."
ފާއިޒާ ބުނީ މިގޮތަށް ކަންތައްވަމުންދިޔައިރުވެސް އެއްވެސް މީހެއްގެ ކައިރީ ނުބުނާ ކަމަށާއި، އަދި އެއީ މާބޮޑު ކަމަކަށްވެސް ނަހަދާ ކަމަށެވެ. ނުބައި ގޮތަކަށް ހިތައް ނާރަނީވެސް އެއީ އަޅުކަންތައް ބަރާބަރަށް ކުރާ މީހަކަށް ސިހުރުގެ އުނދަގުލެއް ނުފޯރާނެ ކަމަށް މީހުން ބުނާތީ ކަމަށް ވެސް ފާއިޒާ ކިޔައިދިނެވެ. ނަމަވެސް އަޅުކަންތަކުގައި އުޅުނު އިރުވެސް އެ އުނދަގޫތައް ވަމުން ކަމަށެވެ. ފާއިޒާއަށް އެ އުނދަގޫތަކުން ސަލާމަތްވެވުނީ އެއްފަހަރު އެރަށަށް އައި ރުގުޔާ ކުރާ މީހެއްގެ އެހީތެރިކަން ހޯދައިގެން ކަމަށްވެސް ކިޔައި ދިނެވެ.
ފާއިޒާ ގަބޫލު ކުރާ ގޮތުގައި އޭނަޔަށް ކުރިމަތިވެފައިވަނީ ހަމައެކަނި ސިހުރެއްނޫނެވެ. އެއާއި އެއްވަރަށް އެސްފީނާގެ އުނދަގޫތައް ވެސް ހުރިކަމަށެވެ. ފާއިޒާ ކިޔަވަން އުޅުނީ މާލޭގައެވެ. 5 އަހަރުވަންދެން މާލޭގައި އުޅުނެވެ. ކިޔަވަން ބަހައްޓާފައިހުރީ އާއިލީ މީހެެއްގެ ގެ އެއްގައެވެ. ފައިޒާ ބުނީ "ކިޔަވާ ނިންމާލުމަށްފަހު ރަށަށް ބަދަލުވެ ވަޒީފާ އަކަށްދާން ފެށީ ކަމަށެވެ.
ވަޒީފާގައި އުޅޭތާ ދޮޅު އަހަރުވީތަނާ ބަލިވާން ފެށި ކަމަށެވެ. ވަޒީފާއަށް ދާންޖެހިފައި އޮންނަ ގޮތުން ޑިއުޓީ އަށް ގިނައިން ދެވެނީ ކޮންމެ ރެއަކު ދެނަމާދު ދޭތެރެއަށްވާގޮތަށް ކަމަށެވެ. އެއީ އެ ގަޑީގައި އާންމު އެހެން މުވައްޒަފުން މަދުވުމާއި، އެ ގަޑި ފަސޭހައިން ލިބޭތީއާއި އަދި އެ ޑިއުޓީއަށް ދިއުމުން އިތުރުގަޑިވެސް ލިބޭތީ ކަމަށެވެ.
އެ ގަޑިއަށް އޮފީހަށް ދާން ފެށުމުން ކޮންމެ ރެއަކު ހުވަފެނުގައި އެއް މަންޒަރެއް ފެންނަން ފެށިކަމަށްވެސް ކިޔައިދިނެވެ.
އެ ހުވަފެނުގެ ވާހަކަ ހިއްސާކުރަމުން ފާއިޒާ ބުނީ ހުވަފެނުގައި ފެންނަނީ ކޮންމެ ރެއަކު ވަޒިފާ އަދާކުރާ އޮފީސް ކައިރިން ހިނގާފައިދާމަންޒަރު ކަމަށެވެ. އަދި ގަހަކުން އެއްޗެއް ބިންނަތަންވެސް ފެންނަ ކަމަށެވެ. އަދި ހިނގަމުންދާއިރު އޮފީހުގައި ހުންނަ ގަހަކުން ހުދު ބޮޑު އެއްޗެއް ވެއްޓޭ ކަމަށާއި، އޭތި ގަޔާ ދިމާލަށްއައިސް ބަނޑުތެރެއިން ގަޔަށް ވަންނަ ކަމަށެވެ. ނުކުމުގެންދަނީ ދުންގަނޑެއްހެން ކަމަށެވެ.
ހުވަފެން ފެންނަން ފެށިފަހުން ނޭފަތުގެ ތެރޭގައި އުފެދުނު މަސްގަނޑުބޮޑުވަމުން ދިޔަކަންފާހަގަވި ކަމަށާއި، އުނދަގޫތައްދިޔައީ ބޮޑުވަމުން ކަމަށެވެ.
ރޭގަނޑު ހުވަފެން ފެންނާތީއާއިއެކު ރުގުޔާ ކުރަން ބައްޕަ މީހަކު ގެއަށް ގެންނަން ވިސްނިކަމަށް ފާއިޒާ ބުންޏެވެ.
ރުގުޔާ ކުރާ މީހާގެނެސް ބައްޕަ ރަނގަޅަށް އޭނައަށް ގެ އާއި ތަންތަން ދައްކާލީއެވެ. ނަމަވެސް އޭރު އަދި ގޭގައި އުޅޭ އެއްވެސް މީހަކު ނުދައްކައެވެ. އޭރު ފާއިޒާ ގެއަކު ނޫޅޭ ކަމަށާއި، ނަމަވެސް ފާއިޒާގެ ބުރަކައްޓަށް ޒާތެއްގެ ތަދެއް ކުއްލަިއަކަށްވާން ފެށި ކަމަށެވެ. ދަތުވެ ވަރުބަލިވާން ފެށުމުން ބައްޕަ އަށް ގުޅީކަމަށާއި، ގުޅުމާއެކު ރުގުޔާ ކުރާމީހަކު ގެއަށް ގެނެސް ގެން އުޅޭ ވާހަކަ އޭނަގެ ބުނި ކަމަށް ފާއިޒާ ބުންޏެވެ.
އޭގެ ހަފްތާއެއްފަހުން ފާއިޒާބުނީ ހުވަފެނުން ފެންނަން ފެށި އެރަށު މީހެއް ކަމަށާއި، އެއީ ސިހުރު ހަދާކަމަށް މީހުން ބުނާ މީހެއް ކަމަށެވެ. ހުވަފެނުގަ ހަމަ ތަކުރާރުކޮށް ކޮންމެ ރެއަކު އޭނަ ފެންނަން ފެށިކަމަށެވެ. ފާއިޒާބުނީ ހުވަފެނުގައި ބައެއް އުނދަގޫތައްވެސް ކުރިމަތިކުރުވާކަމަށެވެ. ހޭލެވޭއިރުވެސް ހުންނަނީ ގައިގެ ތަންތަން ރަތްވެ ދުޅަވެފައި ކަމަށެވެ.
އެންމެފަހުން މާލެ އިން ރުގުޔާކުރާ މީހަކު ދެވަނަފަހަރަށް ގެނެސްގެން ބެލި ކަމަށާއި، ގޭގެ އެތަން މިޔަން އެމީހާ ހޯދި ކަމަށެވެ. ގޭގެ އެތަން މިތާ ކޮންނަން ފެށި ކަމަށާއި، ފެނުނީ ގަބޫލުކުރަމްވެސް އުނދަގޫ ކަންތައްތައް ކަމަށެވެ. ވަޅުލާފައިވާ ތަންތަން ކޮންނަމުންދިޔަވަރަކަށް ގޯތީތެރެއިން މުށި ތަށި ތަކާއި ސީނުތަށުތައްވެސް ފެނުނު ކަމަށެވެ.
ގޭގެ ކަނަކަށް ސިހުރުވެރިޔާ ސިހުރުހަދާ އެއްޗެއްލާ ސިމެންތި އަޅާ ފޮރުވަފައިވާ ކަމަށެވެ. ފާއިޒާ ބުނީ އެކަންތައްތައް އެ ގޮތަށް ކުރަމުންދަނިކޮށް އޮފީހުގައި އިންދާ އުނދަގޫތަކެއްވާން ފެށި ކަމަށެވެ. އެކަންތައް ބޮޑުވެ އެއްފަހަރު އެތަން ތަޅާފައި އެ އެއްޗެއް ނެގިކަން ސިހުރު ހެދިމީހާއަށް އެނގިގެން އަނެއްކާވެސް ހަމަ ސިހުރު ހަދާފައި އެތަނުގައި އެއްޗެއް ފޮރުވި ކަމަށެވެ.
އޭގެ ސަބަބުން އެކަންތައް ވަރަށް ގިނަދުވަހަށް ރަނގަޅުނުވެ ދިގުލައިގެން ދިޔަ." ކަމަށެވެ.
ރަނގަޅުނުވެގެން އަނެއްކާވެސް ރުގުޔާ ކުރާ މީހެއް ގެނައިމަ އެނގުނީ އެ ގޭގެ ކަނުގަ ސިހުރު ވަޅުލާ ފޮރުވާފައި ހުންނަ ކަމަށެވެ.
މިކަންތައްކުރީ އާއިލާގެ ގާތްމީހަކު ކަމަށާއި، އަބަދު ގެއަށް އަންނަ އިތުބާރު ހިފޭ މީހަކު ކަމަށެވެ.
އެންމެފަހުން ރުގުރާކުރާ 2 މީހަކު ގެނެސްގެން އެތަބނ ކޮންނަން ފެށި ކަމަށެވެ. އެތަން ކޮނެ ނަގަމުން ދިޔައިރު އެއްކަލަ ސިހުރުވެރިޔާ އަށް ގޮތްވާން ފެށި ކަމަށެވެ. ފުރަތަމަ ދުވަހު ގައިން ދިލަނަގައިގެން ރަށު ސިއްހީ މަރުކަޒަށް ޑރ. އަށް ދައްކަން ދިޔަކަމަށެވެ. އޭގެފަހުންވެސް އެގެއިން ސިހުރު ހުރި ވަޅުތައްނަގާ ބާތިލް ކުރަމުން ދިޔަ ވަރަކަށް އެމީހާ އަށް ގޮތްގޮތްވެ ވަރުބަލިވަމުން ދިޔަ ކަމަށެވެ.
އެންމެ ފަހުން އެއްފަޅިން ވާގިދަމުންދަމުންގޮސް މުޅިން އެމީހާ ތަންމަތުވެ ބަލިވި ކަމަށެވެ. ފާއިޒާގެ ގައިތެރޭގައި ހުރި ޖިންނިތައް ބޭރުވެ މީހާ ހަމަޔަކަށް އެޅޫނުއިރު އެމީހާ އޮތީ ވަރަށްބޮޑަށް ބަލިވެފަ ކަމަށެވެ.
ފާއިޒާ ބުނީ ސިހުރު ރަނގަޅުކުރުމަށް ކުރި ކަންތަކުން ސިހުރުވެރިޔާ ބަލިވެ ތަންމަތިވެ މީހާރު އޮތީ ބަލި އެނދުގައި ކަމަށެވެ. ހުވަފެނުގައި ފެނުނީވެސް ހަމަ އެމީހާ ކަމަށެވެ. ސިހުރުވެރިޔާ އަށް އަސްލަށްވެސް އުނދަގޫތައްވެ ވާގިނެތުމުން އޭނާއަށްވެސް އެއިހުސާން ކުރެވޭނެ ކަމަށެވެ.
ނަމަވެސް އެމީހުން ކަންކުރީ ސިހުރު ބާތިލް ކުރަން ކަމަށާއި، އެމީހާއަށް އެއްވެސް ވަރަކަށް ގެއްލުންދޭން ނޫންކަމަށެވެ. އޭނަ އަކީ ކުރިންވެސް މި އާއިލާ އަށް ހަސަދަވެރިވާ މީހެއްކަން އެހާ ހިސާބުން އެނގުނު ކަމަށެވެ. ފާއިޒާ ބުނީ ސިހުރުވެރިން އެ ނުލަފާ ބާރު ބޭނުން ކުރިއަސް އެއީ ހަނގީގަތުގައި ބޭކާރު ކަމެއް ކަމަށެވެ. އެކަން ރުގުޔާ ކުރުމުން އެނގިއްޖެ ކަމަށެވެ.
ބަދަލު ހިފަން އާއިލާތެރޭންވެސް މިފަދަ ކަންކަން ހިންގާނަމަ އެފަދަ މީހުންނާއި ދުރުވާނ ޖެހޭނެ ކަމަށާއި، އަބަދު ހުވަފެނުގައި އެއްގޮތްކަންކަންކަން ފެންނަ ނަމަ އެކަމަށްބަލަންޖެހޭނެ ކަމަށެވެ.

