މި މަހުގެ 25 ވަނަ ދުވަހު ތިނަދޫ ސިޓީގައި ބޭއްވުމަށް ތައްޔާރު ވަމުންދާ ތިނަދޫ ސިޓީ ސްޓޭޑިއަމް ވޮލީބޯޅަ މުބާރާތަށް ވަރަށް ބޮޑު ތަރުތީބެއް ލިބެމުންދާ ކަމުގައި މުބާރާތް އިންތިޒާމް ކޮމިޓީ އިން ބުނެފިއެވެ.
އެގޮތުން އިޢުލާން ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖުމްލަ 11 ޓީމު ބައިވެރިވެ ފަރިތަކުރުންތައް ވަރަށް ފޯރީގައި ކުރިއަށް ގެންދާ ކަނަށް އެ ކޮމިޓީ ހުވަދޫ މީޑިއާ އަށް މައުލޫމާތު ދީފައިވެއެވެ.
ހަމައެކަނި ތިނަދޫއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު އަންހެން ޑިވިޝަން ގައި 5 ޓީމު އަދި ފިރިހެން ޑިވިޝަން ގައި 6 ޓީމު ވަނީ ބައިވެރި ވެފައެވެ.
= ފިރިހެން ޑިވިޝަން
1 ޝޫޓިންގ ސްޓަރ
2 މޯލްޑިވްސް ސްޓަރ
3 ސްކޯޕިއަންސް
4 ޑީސީ މެންސް
5 ސޭމް ސޭމް
6 ތިނަދޫ ޕޮލިސް
= އަންހެން ޑިވިޝަން
1 ފިޓް ފެމިނިން
2 އޯލް ސްޓަރ
3 ޑީއާރުސީ ޗިމެންސް
4 އިންފިނިޓީ
5 ކުއީން ބީ

ތިނަދޫ ސިޓީ ސްޓޭޑިއަމް ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ތިިނަދޫ ސިޓީ ސްޓޭޑިއަމް
މި މުބާރާތުގެ ޓީމު ތަކުގެ މެދުގައި ގުރުޢަތު ނެގުން ވަނީ ރޭ ތިނަދޫ ވޯޓަރ ޑެކް ރެސްޓޯރެންޓްގައި ކުރިޔަށް ގެންގޮސްފައެވެ.
ގިނަ ދުވަސް ތަކެއް ވަންދެން ތިނަދޫގައި ވޮލީބޯޅަ މުބާރާތެއް ނުބޭއްވި އޮތުމަށް ފަހު މިނިސްޓްރީ އޮފް ސްޕޯޓްސްގެ ދަށުން ހިންގާ ތިނަދޫ ސްޓޭޑިއަމްއިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރއަކީ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ( ޓީ ސީ ޑަބްލިއު ޑީ ސީ)އެވެ. މީޑިއާ ޕާޓްނަރއަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރއަކީ
ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރއަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.
މި މުބާރާތް ކުރިއަށް ދާނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ކޯޓުގައެވެ.

