ކޮމަންޑޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއައިޝަތު އަންޖަަލް ، ހުވަދޫ މީޑިއާ19 May 2024ކިޔާލަން ހޭދަވާނީއެއް މިނިޓްށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހައްވާ އިބްރާހީމް އެހެން ކޯޓަކަށް ބަދަލުކޮށްފައިވަނީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ، އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާ ގަވާއިދުގެ ދަށުން ކަމަށެވެ. ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ހައްވާ ބަދަލުކޮށްފައިވަނީ 18 މެއި 2024 އިން ފެށިގެން ކަމަށް އެ ސާވިސް އިން ވަނީ ބުނެފައެވެ.2023 މާރިޗު 17 ވަނަ ދުވަހުން ފެށިގެން، ހައްވާ އިބްރާހީމް މަސައްކަތް ކޮށްފައިވަނީ ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓެއްގެ ގޮތުގައި ކަމަށްވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެއެވެ. ޓެގްހދ.ކުޅުދުއްފުށީކޮމަންޑޫމެޖިސްޓްރޭޓް ކޯޓް
ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހައްވާ އިބްރާހީމް އެހެން ކޯޓަކަށް ބަދަލުކޮށްފައިވަނީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ، އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާ ގަވާއިދުގެ ދަށުން ކަމަށެވެ.
ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ހައްވާ ބަދަލުކޮށްފައިވަނީ 18 މެއި 2024 އިން ފެށިގެން ކަމަށް އެ ސާވިސް އިން ވަނީ ބުނެފައެވެ.2023 މާރިޗު 17 ވަނަ ދުވަހުން ފެށިގެން، ހައްވާ އިބްރާހީމް މަސައްކަތް ކޮށްފައިވަނީ ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓެއްގެ ގޮތުގައި ކަމަށްވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެއެވެ.