މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫޢު އާރުޑީސީ އިން 24 ގަޑިއިރު ކުރިއަށް ގޮސް ނިންމާލުމުގެ މަސައްކަތް ފަށައިފިއެވެ.
އާރްޑީސީން ބުނީ ވެސްޓްޕާކް މަސައްކަތް އަވަސް ކުރުމުގެ ގޮތުން 24 ގަޑިއިރު އެ ސަރަހައްދުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.
ވެސްޓްޕާކް މަސައްކަތުގެ މަޝްރޫއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއި ގުޅިގެން ކުރިއަށްދާ މަޝްރޫއެކެވެ. އެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށްވެސް އާރުޑީސީން ބުނެއެވެ.
“އެ މަޝްރޫގައި ގާއިމު ކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައި. މަސައްކަތް ކުރިއަށްދާއިރު ވެސްޓްޕާކް ސަރަހައްދުގެ ޓްރެފިކް ފްލޯ ކަންކަމާއި އާންމު ދިރުއުޅުމުގައި ރައްޔިތުންނަށް ގުޅުންހުރި ކަންކަމުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކުގައި މަޝްވަރާތައް ކުރެވި ގޮތްތަކެއް ކަނޑައެޅިފައިވޭ. ” އަރުޑީސީ
ވެސްޓްޕާކް މަސައްކަތުގެ މަޝްރޫއަކީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި، އެ މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރުމަށްފަހު އިތުރު ސަރަހައްދުތަކުގައި މަސައްކަތްތައް ކުރެވިގެންދިއުން ކަމަށްވެސް އާރުޑީސީން ބުނެއެވެ.

