އީރާންގެ ރައީސާއި ހާރިޖީ ވަޒީރު ގެ އިތުރުން އީރާނު ސަރުކާރުގެ އިސް އޮފިޝަލުން ދަތުރު ކުރައްވަނިކޮށް ވެއްޓުނު ހެލިކޮޕްޓަރު ފެނިއްޖެ އެވެ.
ހެލިކޮޕްޓަރު ފެނުނު ނަމަވެސް އެއިން ދަތުރުކުރި މީހުން ފެނިފައިވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި އެއިން އެއްވެސް ފަރާތެއްގެ ހާލާ ގުޅޭ ގޮތުން އިރާނުގެ ރަސްމީ ފަރާތަކުން އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެކަމަށް އީރާނު ޤައުމީ ޓީވީން ރިޕޯޓް ކުރިނަމަވެސް، ރެސްކިއު ޓީމުތަކާއި ހަވާލާދީ ރެޑް ކްރެސެންޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަދި މިހާތަނަށް، އެ ހެލިކޮޕްޓަރު ފެނިފައެއް ނުވެއެވެ.
އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.

