ޙައްޖާއި ޢުމްރާ ދަތުރުވެރިންނަށް “ސައުދީ ޕާސްޕޯޓު” ބޭނުންކުރެވޭ ގޮތަށް ރޯމިންގ ސިމެއް ތައާރަފުކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްގެ ސަޢޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެގެންދާނެ ކަމަށާއި، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތަކަށް ވެސް މިނިސްޓްރީން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
” މި ސިމް މި ޙައްޖު މޫސުމުގައި ސައުދީގައި ބޭނުންކުރެވޭނެ. އެ ސިމްގެ އަގަކީ 1 ހާސް ރުފިޔާ. އެ ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫއިން ގަނެވޭނެ. ސައުދީ އެއާރޕޯޓަށް ފައިބާފަ ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ” މިނިސްޓަރު ޝަހީމް
މީގެ އިތުރުން ބުނެފައިވަނީ އެ ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެއް ކަމަށެވެ. މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ ކަމަށެވެ.

