އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ހުސްކޮށްލުމަކީ ތިމާގެ ނަފުސަށް ވެވޭ ހަމްދަރުދީއެކެވެ. އެނަފުސަށް ދެވޭ ލޯތްބެކެވެ. ތިމާގެ ނަފުސަށްޓަކައި ތިމާ އަދާކުރަން ޖެހޭ ދަރަނި އަދާކުރަން އޮތް ފުރުސަތެކެވެ. އެނަފުސަށްވެސް ހައްގެއް ވެއެވެ. މިވަގުތުކޮޅަކީ ތިމާގެ އަމިއްލަ ނަފުސުގެ ވަގުތުކޮޅަކަށް ވާންޖެހޭނެއެވެ. އެހެން އެއްވެސް ކަމެއް، އެއްވެސް މީހެއް އޭގައި ނުހިމެނޭ ހަމައެކަނި ތިމާގެ އަމިއްލަ ވަގުތުކޮޅަކަށް ވާން ޖެހޭނެއެވެ. ދުނިޔޭގެ ހުރިހާ ކަމަކަށް ވިސްނައި ފިކުރުކޮށް ކަންކަމުގައި ތެޅިފޮޅި ހަދާ އެ ނަފުސަށް ލިބޭ ވަރުބަަލިކަމާއި ލޮޑުކަން ފިލުވައިލަން އެ ނަފުސަަށްވެސް ހައްގުލިބިގެންވެއެވެ. އެހެންްް ކަމުން ތިމާގެ ނަފުސަށް އަމިއްލަ ވަގުތުކޮޅެއް ދޭން ހަމަޖައްސާށެވެ.
އާއެކެވެ. އެވަގުތުކޮޅަކީ އަމިއްލަ ނަފުސާމެދު ވިސްނާލާ ވަގުތުކޮޅެވެ. އެނަފުސު ބޭނުންވަނީ ކޮންކަމެއްތޯ އާއި އެނަފުސަށް ހަމަޖެހުން ލިބޭނީ ކޮންކަމަކުން ތޯ ވިސްނާލާ ވަގުތުކޮޅެވެ. އަދި ހަގީގަތަކީ އެއީ ތިމާ ތިމާއާމެދު ވިސްނާލާ ވަގުތުކޮޅަށް އެވަގުތުކޮޅު ވާކަމެވެ. އޭގައި ލޯބިވާމީހުންނާއި ޒިންމާތަކާއި އާއިލާއާއި އެކުވެރިންނާއި މިހެންގޮސް އެއްވެސް އެހެން މީހެއް ނެތި ހަމައެކަނި ތިމާއަަށްޓަކައި ހާއްސަ ވަގުތުކޮޅެއް އޮތުމަކީ ކިހާބޮޑު ހާއްސަ އަދި ހިތްހަމަޖެހޭ އުފާވެރިކަމެއްކަން އެނގޭނީ އެކަން އެގޮތަށް ތަޖުރިބާ ކޮށްފައިވާ ނުވަތަ ކުރާ ފަރާތަކަށެވެ.
ކަންކަމާމެދު ވިސްނުމަކީ، ރަނގަޅު ކަމެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ވިޔަސް މެންދުރު ވިޔަސް އަދި އެހެން ވަގުތަކު ނަމަވެސް ބައިގަނޑިއެއްހައިއިރު ލޯމަރާލައިގެން ކަންކަމާ ވިސްނައިލަން ވަގުތުކޮޅެއް ހުސްކޮށްލުން އެއީ ބޭނުންތެރި ކަމެކެވެ. އެ ވަގުތުކޮޅަކީ މެޑިޑޭޓްކުރާ ވަގުތުކޮޅެއް ނޫނެވެ. އަދި ދުޢާކުރުމުގައި އިންނަ ވަގުތެއް ވެސް ނޫނެވެ.
ތިމާ ކުރާ ކަންތައްތަކާއި ކުރަންއުޅޭ ކަންތައްތަކާއި އެ ކަންތައްތަކުގެ ނަތީޖާއާމެދު އަމިއްލައަށް ވިސްނައި ފިކުރުކޮށްލުމުގެ ވަގުތުކޮޅެކެވެ. ތިމާ މިހާރު ހުރި ޙާލަތާއި އެ ޙާލަތު ބަދަލުކުރުމަށް ވިސްނާ ގޮތާމެދު، ވިސްނައިލުމުގެ ވަގުތުކޮޅެކެވެ.
އަހަރުމެންނަށް، ވަގުތު މިއީ ލިބެން އޮތް އެއްޗަކަށް ނުވެއެވެ. ހެނދުނު ތެދުވީއްސުރެ ރޭގަނޑު ނިދަންވަންދެން މި އުޅެވެނީ އެކި ކަންކަމުގައެވެ. ކޮން ކަމެއްގައިހެއްޔެވެ؟ އެކި ކަންކަމުގައެވެ. އެހެންވީމާ، އެ ކަންކަމުގެ ތެރެއިން އަމިއްލަ ކަންކަމާމެދު ހަނުއިނދެގެން ވިސްނައިލަން ބައިގަނޑިއެއްހައި އިރު ހުހެއް ނުކުރެވޭނެބާވައެވެ؟

ތިމާގެ ނަފުސަށް އަމިއްލަ ވަގުތުކޮޅެއް ދޭން ހަމަޖައްސާށެވެ.
ވިސްނުމަކީ، ރަނގަޅު ކަމެކެވެ. ވިސްނަނީ ވިޔަފާރި ކުރިއަރުވާށެވެ. އައު ކަންތައްތައް ފަށާށެވެ. ނޫނީ އަމިއްލަ ޙަޔާތާމެދުގައެވެ. މި އުޅެވެނީ ހަމަ ރަނގަޅު ދިރިއުޅުމެއްތޯއާ މެދުގައެވެ. ހެޔޮކޮށް ކަންތައްތައް ކޮށްދޭންޖެހޭ މީހުންނާމެދު ހެޔޮކޮށް ކަންތައްތައް ކޮށްދީގެންތޯއާ މެދުގައެވެ. މާތް ﷲ އަންގަވައިފައިވާ ގޮތަށް ދިރިއުޅެވޭތޯއާ މެދުގައެވެ. ނަމާދު އަޅައިފައި ހުރެވޭތޯއާ މެދުގައެވެ. އާޚިރަތުގެ ދާއިމީ ސުވަރުގެ ޙާޞިލްކުރެވޭނެ ފަދަ ގޮތަކަށްތޯއާ މެދުގައެވެ. ދީނުގައި މަނާކުރައްވައިފައިވާ ކަންތައްތައް ކުރެވޭތޯއާ މެދުގައެވެ. އެފަދަ ކަންތައްތައް ނުރަނގަޅު ގޮތުގައި ކުރެވޭނަމަ، އެކަންކަމުން ދުރުހެލިވުމަށް ކުރާނެ ކަންތައްތަކާ މެދުގައެވެ.

