އެނީމިއާ އަކީ ހަށިގަނޑުގެ ޓިޝޫތަކަށް އޮކްސިޖަން ގެންދިއުމަށް ބޭނުންވާ ވަރަށް ސިއްހަތަށް ފައިދާ ހުރި ރަތް ލޭގެ ސެލްނުވަތަ ހިމޮގްލޮބިން ނުލިބުމުގެ މައްސަލައެކެވެ. ހިމޮގްލޮބިން އަކީ ފުއްޕާމޭއިން ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަންތަކަކަށް އޮކްސިޖަން އުފުލާ ރަތް ސެލްތަކުގައި ހިމެނޭ ޕްރޮޓީނެކެވެ. އެނީމިއާ ޖެހުމަކީ ވަރުބަލިވުމާއި ބަލިކަށިވުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަންކަމަށް މަގުފަހިވާ ކަމެކެވެ.
އާދެ، ސިރޯސިސް ފަދަ ފުރަމޭގެ ބަލިތައް ހުންނަ މީހުންގެ ތެރޭގައި އެނީމިއާ އަކީ އާންމު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ލިވާ ސިރޯސިސް ހުންނަ މީހުންގެ ތެރެއިން 66-75 ޕަސެންޓާ ދެމެދުގެ މީހުންނަށް ވަކި ހިސާބަކުން އެނީމިއާ ޖެހެ އެވެ. މިއީ ފުރަމޭގެ ބަލިމީހުންގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ "ފުރަމޭގެ ސިރޯސިސް" ހުންނަ މީހުންގެ މެދުގައި އާންމު ކަމެކެވެ.
ސިއްހީ މާހިރުން ލަފާދޭ ފަދައިން، އެނީމިއާ ހުންނަ މީހުން ކޮންމެ ދުވަހެއްގެ ކެއުމުގައި ބީޓްރޫޓް ބޭނުން ކުރާ މިންވަރު އިތުރުކޮށް، ހަށިގަނޑަށް އިތުރު ދަގަނޑު އެބްސޯބް ކުރެވޭނެ ގޮތް ހަދަންޖެހެއެވެ. މީގެ ސަބަބުން ލޭގެ ސެލްތައް އަލުން އުފައްދައި މުޅި ހަށިގަނޑަށް އެކަށީގެންވާ މިންވަރަކަށް އޮކްސިޖަން ފޯރުކޮށްދޭނެ އެވެ.

ފުރަމޭގެ ސަރުބީޖެހުމާއި އެނީމިއާ އިން ރައްކާތެރިވާ ކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ…….ފޮޓޯ:ޝަޓާސްޓޮކް
އެހެންކަމުން މިތަނުގައި މި ހިމަނާލަނީ ބީޓްރޫޓް ޖޫހެއް ތައްޔާރު ކުރާނެ ގޮތެވެ. މި ޖޫސް ބުއިމުގެ ސަބަބުން ފުރަމޭގެ ސަރުބީޖެހުމާއި އެނީމިއާ އިން ރައްކާތެރިވާ ކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ.
ބޭނުންވާ ތަކެތި އަދި ތައްޔާރު ކުރާނެ ގޮތް
- 1/2 ބީޓްރޫޓް
- 1 އާފަލު
- 1 ސެލެރީ
- 3 އޮރެންޖުގެ ޖޫސް (ނޫނީ 2 ލުނބޯގެ ޖޫސް)
ބީޓްރޫޓް، އާފަލު އަދި ސެލެރީ ކޮށާލުމަށްފަހު މިކްސްޗަރަށް އަޅާށެވެ. އަދި އޮރެންޖު ޖޫހާއި އެއްތަށި ފެން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މިއީ ސިއްހަތަށް ނުހަނު ފައިދާ ހުރި ހާއްސަކޮށް ލޭގެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއްވެސްމެ….ފޮޓޯ:ޝަޓާސްޓޮކް
ތަށްޓަކަށް އަޅައިގެން ބޭނުންނަމަ 1 ސަމުސާ މާމުއި އިތުރުކޮށްލާށެވެ.
މިބުއިން ހަފުތާއެއް ވަންދެން ކޮންމެ ދުވަހަކު ހެނދުނު ބޭނުން ކުރާނަމަ ލޭގެ ޕްރެޝަރު ހަމަޖައްސައިދީ، ލޭގައި ހިމެނޭ ރެޑް ބްލަޑް ސެލްތައް އުފައްދައިދިނުމަށް މަގުފަހިވެ އޮކްސިޖަން މަދުވެ ދިމާވާ އެނީމިއާ އިން ރައްކާތެރިވެވޭނެއެވެ. އަދި ހަމައެހެންމެ ފުރަމޭގައި ސަރުބީ ޖެހުމުން ވެސް ދުރުކޮށްލަދޭނެއެވެ.
އަދި ވަރުބަލިވުން އިތުރުވެ އެނީމިއާގެ އުނދަގޫ ދިމާވާނަމަ ފަހުންވެސް ބޭނުން ކުރުން ރަނގަޅެވެ.
ކޮންމެ ބައްޔަކީ، އަދި ސިއްހީ މައްސަލައަކީވެސް ޑޮކްޓަރުންގެ އިރުޝާދާއި ލަފާ އަދި ބޭސް އެކަމަށް ބޭނުންވާނެ ކަމެއްކަމަށްވާއިރު ފުރަތަމަ ކަމަކީ ޑޮކްޓަރަށް ދެއްކުމާއި ބޭސް ގަވައިިދުން ބޭނުން ކުރުމެވެ.
ކެއުމާއި ބުއިމުން ލިބޭ ފައިދާއަކީ ދެވަނަ އަށް އެންމެ އިސްކަން ދޭން ޖެހޭ ކަމެވެ. ސަބަބަކީ ޑޮކްޓަރީ ފަރުވާއަށް އިތުރު ކުރެވޭ ދެވަނަ ފަރުވާއަކީ އަމިއްލަ ހަށިގަނޑަށާއި ސިއްހަތަށް ދެވޭ ކާނާ ކަމަށްވާތީއެވެ.

