މިދުވަސްތަކުގައި، ފިނޮޅުތަކަށާއި ފަޅު ރަށްރަށަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް އަދި ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑުދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވާ އެކްސް ގައި ކުރި ޕޯސްޓެއްގައެވެ.
އެޕޯސްޓުގައި ފުލުހުނ ބުނީ، ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހަމައެހެންމެ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށާއި، ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުރު ފަސްކުރުމަށް އެމްއެންޑީއެފުން އެދެއެވެ.

