އިއްޔެގެ ހަވީރުގެ ވަގުތެއްގައި، ވަޅިއަކުން ދިވެއްސަކަށް ހަމަލަދިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ހުޅުމާލެ ލަންސިމޫ މަގުމަތީ، މެދު އުމުރެއްގެ ދިވެއްސެއްގެ ގަޔަށް ވަޅިން ހަމަލަދިން ބިދޭސީމީހާ އަކީ އިންޑިޔާ ރައްޔިތެއް ކަމަށް ވަނީީ މައުލޫމާތު ލިބިފައެވެ.
އެނގިފައިވާ ގޮތުގައި ވަޅިން ހަމަލަދިން އެ ބިދޭސީ މީހާ ހުއްޓުވީ ދެ ދިވެއްސެކެވެ.

ދިވެހި މީހާއަށް ހަމަލަދޭން ބިދޭސީ މީހާ ގެންގުޅުނު ވަޅި
ބިދޭސީ މީހާ ދިޔައީ ވަޅި ހޫރަމުން ދިވެހި މީހާގެ ފަހަތުންކަމަށާއި އެވަގުތު އެދިމާލުން އައި ދެ ޒުވާނަކު ވަނީ އެ ބިދޭސީ މީހާ ހުއްޓުވާފައިކަމަށް ވެއެވެ. އެހެންނަމަވެސް އެމީހާ ދިވެއްސަކަށް ހަމަލަ ދިނީ ކީއްވެގެން ކަމެއް ނޭނގެއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ލަންސިމޫ މަގުގައި މީހަކަށް ހަމަލަދީގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު ކަމަށާއި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެބިދޭސީ މީހާ ދިން ވަޅީގެ ހަމަލައިން އެމީހާގެ އަތަށް އަނިޔާވެފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

