މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
މަކަރާ ހީލަތިގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން އިއުލާން ކޮށްފައިވަނީ އަޙްމަދު ޝާހީން، ތ. ގުރައިދޫ / ވިނަރެސް (36އ) އެވެ.
މިއީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މި މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އަޙްމަދު ޝާހީން ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ދީފައިވާ މުއްދަތަކީ 2024 މެއި 30 ވަނަ ދުވަހުގެ 14:00 އަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

