މާލޭގެ މަގަކަށް ފަލަސްތީނާ ގުޅޭ ނަމެއް ކިޔުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މިގޮތަށް މިކަން ނިންމާފައި ވަނީ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގައެވެ.
މާލޭގެ މަގާމަށް ފަލަސްތީނާ ގުޅޭ ނަމެއް ކިޔުމަށް ފާސް ކޮށްފައިވަނީ މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް އެގޮތަށް ހުށައެޅުއްވުމުން އެކަމާމެދު މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
އެ ޖަލްސާގައި އާޒިމް ވިދާޅުވީ، ފަލަސްތީނަކީ ދިވެހިންގެ ހިތާއި ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި މާލޭގައި ވަކި ނަމެއް ނުދީ އޮތް ދެ މަގުން ކުރެ އެއް މަގަށް ފަލަސްތީނުގެ ނަމުން ނަން ދިނުމާ ގުޅޭގޮތުން ކައުންސިލްގެ މެންބަރުންގެ ހިޔާލެއް ދެއްވުމަށް އާޒިމް ވަނީ އެދިލައްވާފައެވެ.
އާޒިމް އެގޮތަށް ހުށައެޅުއްވުމުން ކައުންސިލްގެ އެއް މެމްބަރު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ އެކަމަށް ތާއީދުކުރާ ކަމަށް ވޯޓު ދެއްވާފައެވެ.

