މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމަޔަށެވެ.
މި އެލާޓް ނެރެފައިވަނީ މިއަދު 07:50 އިން ފެށިގެން 13:30 އާއި ހަމައަށެވެ. ނަމަވެސް އަދިވެސް މެޓުން ބުނަނީ މޫސުން ރަނގަޅު ނޫން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހުމާއިއެކު ވިއްސާރަ ކުރާނެ ކަމަށެވެ.
މެޓުން ބުނީ 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި،، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެ އިދާރާއިން އިލްތިމާސް ކޮށްފައިވަނީ މޫސުން ގޯސް މި ދުވަސްކޮޅުގައި މޫސުމަށް ސަމާލލުކަން ދިނުމަށާއި، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރުމަށެވެ.

