މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ހޯދަމުންދަނީ ނ. މިލަދޫ / މީޒާން، އަޙްމަދު ވިއާމް (27އ) ކަމަށެވެ.
މީހުން ހޯދުމަށް މިގޮތަށް ކުރެވޭ އިއުލާންތަކުގައި ހާޒިރުކުރެވޭ މީހާ ހާޒިރުކުރެވޭ ހައިސިއްތަުވެސް ފުލުހުން ބުނެއެވެ. ނަމަވެސް ވިއާމް ފުލުހަށް ހާޒިރުކުރެވޭ ހައިސިއްޔަތު އިއުލާނާ އެކު ބުނެފައި ނުވެއެވެ. އަދި ހާޒިރުވާންޖެހޭ ވަކި ތާރީހެއްވެސް ދީފައެއްނުވެއެވެ.
އަޙްމަދު ވިއާމާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792039 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށްވެސް ފުލުހުން ވަނީ ބުނެއެވެ.
ތަހުގީގަށް ހާޒިރުވުމަށް ފުލުހުން މިގޮތަށް އިއުލާންކުރުމުން އަމިއްލަ އަށް ބައެއް މީހުން ހާޒިރުވެއެވެ.

