މާލެ އަތޮޅު ފިހަޅޮހި އައިލެންޑް ރިސޯޓުގައި ސްނޯކްލިންގ އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ފިހަޅޮހި އައިލެންޑް ރިސޯޓުގައި ސްނޯކްލިންގ އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ އަށް ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރު ކުރި 11:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި އޭޑީކޭއަށް ގެންދިޔައިރުވެސް އެ މީހާ އޮތީ މަރުވެފައިކަމަށެވެ.
ސްނޯކްލިން އަށް ފައިބައިގެން އުޅެނިކޮށް މަރުވެފައި ވަނީ ރަޝިޔާއަށް ނިސްބަތްވާ 67 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ނިޔާވެފައި ވަނީ ރަޝިޔާ އަށް ނިސްބަތްވާ 67 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ފަތުރުވެރިއަކު ސްނޯކްލިން އަށް ފައިބައިގެން އުޅެނިކޮށް މަރުވެފައިވާއިރު އިއްޔެގެ ވަގުތެއްގައި އދ. ސެންތާރާ ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތް ކުރަން އުޅުނު ޒުވާނަކުވެސް ވަނީ މަރުވެފައެވެ. އަދި އެ ޒުވާނާ އެހީތެރިވި ފަތުރުވެރިޔާ ވަނީ ސަލާމަތް ވެފައެވެ.
އިއްޔެގެ ހާދިސާގައި ނިޔާވި އަފްޒަލް އަކީ އާއިލާއެއްގެ ފަސްކުދިންގެ ތެރެއިން ތިންވަނަ ދަރިފުޅެވެ. އަދި އެއާއިލާގައި ތިބި ހަމަ އެންމެ ދެ ފިރިހެން ދަރިންގެ ތެރެއިން ބޮޑު ކުއްޖާއެވެ. އާއިލާއަށް، މަންމައާއި ކޮއްކޮމެނަށް އެހީވުމުގައި ހިތްވަރު ކުރަމުން މިންނެތް މަސައްކަތް ކުރަމުން ދިޔަ މި ޒުވާނާއަކީ މުޅި އެއާއިލާގެ އެހީތެރިޔާ ވެސްމެއެވެ.

