އއ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ވެސް މަރުވެއްޖެއެވެ.
އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ހަބަރު ހުސްވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:30 ހާއިރު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މަތިވެރި ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށެވެ.
ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް މަރުވެފައި ވަނީ އުމުރުން 34 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.
ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވި އިރު، މިއަދު ކ. ފިހާޅޮހި ރިސޯޓުން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ. އަދި އިއްޔެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެހި މުވައްޒަފަކު ވަނީ ގެނބިގެން މަރުވެފައެވެ. އެ ހާދިސާގައި ގެނބުނު ފަތުރުވެރިޔާ ސަލާމަތްވިއެވެ.

