ގޮތްނޭނގޭ ބައްޔަކަށް ހުށައެޅިފައިވާ ނަވާފް ގެ އުމުރުން 2 އަހަރެވެ. ނަވާފްގެ މަންމަ ވަފާ އަބްދުﷲ "ހުވަދޫ މީޑިއާއ" އަށް ކުއްޖާގެ ބަލީގެ ހާލަތު ކިޔަދެމުން ބުނީ ކުއްޖާ ހުންއަސް ރޯނގާ ޖެހި ހަފްތާއެއްވިފަހުން ކުއްލިއަކަށް ހުއްޓުންއަރާ ގަނޑުވެ ބަސް ހުއްޓުނުކަމަށެވެ.
ކުއްލި އަކަށް ދިމާވި ގޮތެއްގެ ސަބަބުން ނަވާފް ވަނީ ގޮތްނޭނގޭ ބައްޔަށް ހުށައެޅިފަ ކަމަށެވެ.
ގއ. މާމެންދޫގައި ދިރިއުޅެމުންދާ ވަފާ ބުނީ އޭނަގެ ހަނގު ދަރިފުޅު ނާވާފަށް ފުރަތަމަ ވާންފެށިގޮތަކީ ނޭވާލާން އުނދަގޫވެ ފިޓްޖެހޭ ފަދަ ގޮތަށް ހުއްޓުން އެރީ ކަމަށެވެ. ވަގުތުން މާމެންދޫ ސިއްހީ މަރުކަޒަށް ކުއްޖާ ގެންދެވުނުކަމަށާއި، އާސަންދަ މެދުވެރިކޮށް އެ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލި ކަމަށެވެ. އޭގެފަހުން އަވަސްފަރުވާދޭން ޖެހޭކަމަށް ހޮސްޕިޓަލުން އެނގުމުން މާލެ ގޮސް އައިޖީއެމްއެޗްއަށް ދެއްކި ކަމަށެވެ.

ލޯބި ލޯބި ކުޑަކުޑަ ނަވާފް
"އެހާ ހިސާބުން ޑޮކްޓަރު، ނަވާފް ބެލުމަށްފަހު ޓެސްޓްތައް ހަދާފަ ބުނީ ބްރެއިން އިންފެކްޝަންއެކޭއިނީ. ލޮލުގެ ނާރުތައް ދުޅަވަނީއޭ." ވަފާ ކިޔައިދިނެވެ.
ވަފާ ބުނީ ނަވާފަށް މިކަން ދިމާވީ ކުއްލިއަކަށް ކަމަށާއި، ކުއްޖާއަށް ވަމުންދާގޮތްފެނި އެއާއިލާއިން ތިބީ ކަންބޮޑުވުމެއްގައި ކަމަށެވެ. އެއީ ނަވާފްގެ ބޭބެ ހުޒައިލް ބިން ހޫދް އަބްދުލް ޣަފޫރުވެސް ފިޓްޖެހޭ ބަލި ތަހައްމަލު ކުރަމުންދާތީ ކަމަށްވެސް ވަފާ ބުންޏެވެ. މިހާރު ހުޒެއިލްގެ އުމުރުން 8 އަހަރެވެ.
ހުޒައިލްގެ ހާލު ގޯސްވެ އެތައްފަހަރަކު އެއާއިލާއިން ވަނީ އިންޑިއާއަށް ގޮސްފައެވެ. އާއިލާގެ މާލީ ހާލަތުހުރި ގޮތުން ހުޒައިލް ގޮވައިގެންވެސް ރާއްޖޭން ބޭރަށް ނުދެވި ލަސްތަކެއްވުން ކުއްޖާއަށްދިޔައީ އަސަރުކުރަމުންންކަމަށެވެ. އެގެ ސަބަބުން ބަލި ބޮޑުވިއެވެ. މިހާރު ހުޒައިލްގެ ބަލި ދެނެގަނެވިފައިވާއިރު، ހުޒައިލްގެ އަސްލުބަލި އެނިގި ކުއްޖާއަށް ވަނީ ފަރުވާދެވެންފަށާފައެވެ.
ނަވާފްގެ ފަރާތުންވެސް ފެންނަނީ ހުޒެއިލްގެ ފަރާތުން ބަލީގެ ކުރީ ކޮޅު ފެނުނުފަދަ އަލާމާތްތަކެއް ކަމަށް ވަފާބުންޏެވެ. ނަވާފްވެސް ހުޒެއިލް ގޮތަށް ފިޓްޖެހޭ ގޮތްވާ ކަމަށެވެ.

ނަވާފްގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް
ވަފާ ދިރިއުޅެމުންދަނީ ލިބިފައިވާ ތިންދަރިންނާއިއެކު ފިރިމިހާއަށްލިބޭ މަދުލާރިކޮޅަކުންނެވެ. ކުއްޖާ ހުއްޓުން އަރާ ވާހަކަ ނުދެއްކި ގޮތްނޭނގޭ ގޮތް ވާން ފެށުމުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކުއްޖާ ގޮވައިގެން ރާއްޖޭން ބޭރަށްދާން ޖެހޭ ކަމަށް ވެސް ވަފާ ބުންޏެވެ.
ނަމަވެސް ތިން ދަރިންނާއި އެކު އުޅެންޖެހިފައިވާ ވަފާގެ އާއިލާއަކަށް ނަވާފް ގޮވައިގެން އިންޑިއާއަށް ދެވޭނެ ފެންވަރެއްނެތެވެ.
އާސަންދަވެސް ވަނީ ލިބިފައި ކަމަށާއި، ނަމަވެސް ހުރުމާއި ކެއުމަށްވެސް ބޮޑު ހަރަދެއް ހޭދަވާނެ ކަމެއްކަމަށްވާތީ ފައިސާގެ އެހީތެރިކަމެއް ބޭނުންވާ ކަމަށް ވަފާ ބުންޏެވެ.
ގުޅޭނެ ނަމްބަރު: (ކުއްޖާގެ މަންމަ) ވަފާ އަބްދުﷲ 7669254
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި: 7730000428234 ( ވަފާ އަބްދުﷲ)
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު: 7730000598106 (އަހުމަދު ނަޝާތު)
ނޯޓް: "ހުވަދޫ މީޑިއާގެ" އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

