މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ކުރިން ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިތިބި ސަފާރީތައް ނަގަން އެޗްޑިސީން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައިބުނީ ހުޅުމާލޭ ބިން ހިއްކާ ސަރަހައްދުގައިވާ ސަފާރީތައް މި މަހުގެ 30 ކުރިން ނަގަން ޖެހެނީ އެ ސަރަހައްދިގައި މިހާރުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކާ ކަމަށެވެ.
ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދަކީ ގިނަ ސަފާރީތަކެއް އެކި ބޭނުންތަކަށް ވަންނަ ސަރަހަދެކެވެ. ނަމަވެސް ބިން ހިއްކުމައްޓަކާ އެ ސަރަހައްދުގައި ދަނީ ކޮޅުވެއްޓި ފަދަ ބޮޑެތި އުޅަނދުތައް ބޭނުން ކުރަމުންނެވެ.
އެހެންކަމުން ކޮޅުވެއްޓިތަކުގެ ސަބަބުން ސަފާރީތަކަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވޭތީ އުޅަނދު ތައް އެ ސަރަހަށްދަށް ވަދެ ހެދުމަކީ ރައްކާތެރިގޮތެއްނޫން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށްވެސް ގަބޫލުކުރެވޭ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
މިގޮތުން 30 މެއި ވާ ބުރާސްފަތި ދުވަހުގެ ކުރިން މިހާރު ތިބި އުޅަނދުތައް ނެގުމަށްވެސް އެޗްޑީސީން ވަނީ އަންގާފައެވެ.

