ހަތް ދުވަހަށް ބަހާލައިގެން އައްޑޫ ސިޓީގެ ހަ އަވަށުގައި ކުރިއަށްދާން ރާވާފައިވާ “އައްޑޫ އީދި ސަމާ 1445” ގެ ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ މީހަކަށް ބޮޑު އިނާމެއް ދޭ ގޮތަށް އީދު ކުޅިވަރު އިންތިޒާމު ކުރާ އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ކުޅިވަރުތައް ކުރިއަށްދާނީ އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނަށް ޚާއްސަކޮށްގެން ކަމަށެވެ. އެގޮތުން ރަށް އެއްކޮށް ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
މި އަހަރުގެ އީދު ކުޅިވަރު އައްޑޫސިޓީގައި ކުލަގަދަކޮށް ފާހަގަކުރެވޭއިރު، އެންމެ ފޯރިއާއެކު އީދު ފާހަގަކުރަން ތައްޔާރުވަމުންދާ އެއް ސިޓީއަކީ އައްޑޫ ސިޓީއެވެ.
އައްޑޫ ސިޓީގައި ކުޅެވޭ ކުޅިވަރުތަކަކީ:
1 . ދަންޑެހެލެ ވާދެމުން
2. ފެން ކުޅުން
3. ފުޓްސަލް މުބާރާތް
4. އަންހެނުންނަށް ވޮލީބޯޅަ
5. އުޟްހިޔާ ކަތިލުން
އައްޑޫސިޓީގައި ކުޅެވޭ އީދުކުޅިވަރުގައި ބޮޑު އިނާމް ދޭން ވެސް ވަނީ ނިންމާފައެވެ. އެގޮތުން މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނަށް ޚާއްސަކޮށްގެން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތައް ދޭން ކަނޑއަޅާފައިވާ އިނާމު ތަކަކީ އެއްވަނަ އިނާމެއްގެ ގޮތުން 10000ރުފިޔާ އެވެ. ދެވަނަ އިނާމަށް 7500 ރުފިޔާއެވެ. އަދި ތިންވަނަ އިނާމެއްގެ ގޮތުން 5000ރުފިޔާއެވެ.
މީގެ އިތުރުން އީދު ކުޅިވަރު ބަލާލަން އައްޑޫއަށް ޒިޔާރަތް ކުރާ ހުރިހާ ބޭފުޅުނާއި އައްޑޫސީޓީގައި ދިރިއުޅޭ މީހުންނަށް ޙާއްސަކޮށްގެން ކުރިއަށް ރާވާފައިވާ މުބާރާތަށް ވެސް ހާއްސަ އިނާމްތަކެއް ވަނީ ކަނޑައަޅާފައެވެ. މި އިނާމްތަކުގެ ތެރޭގައި އެއްވަނަ އަށްދާ ފަރާތަކަށް 7000 ރުފިޔާއެވެ. ދެ ވަނައަށްދާ ފަރާތަކަށް 5000 ހެވެ. ތިނަ ވަނަ ހާސިލް ކުރާ ފަރަތަކަށް 3000 އެވެ.

