މި އަހަރުގެ އޭޕްރީލް މަހު ޒަކާތު ފަންޑުން 168 މީހަކަށް އެހީވެފައިވާއިރު އޭގެއިން ބޮޑު ބައި ހޭދަކޮށްފައި ވަނީ ކެންސަރުގެ ފަރުވާއަށް ކަމަށް ރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސް އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ބޭސް ފަރުވާއަށާއި، ޒަރޫރީގެ އެހީގެ ގޮތުގައި އާއި ސްކޮލާޝިޕްތަކަށް ހަރަދުކޮށްފައި ވާއިރު އޭގެ ތެރެއިން އެންމެ ގިނައިން ހޭދަ ކޮށްފައިވަނީ ކެންސަރުގެ ބައްޔަށް ކުރާ ފަރުވާތަކަށެވެ. އަދި އެންމެ މަދުން ފައިސާ ހޭދަކޮށްފައި ވަނީ ސިކުނޑީގެ އޮޕަރޭޝަންތަކަށް ކަމަށްވެއެވެ.
އޭޕްރިލް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގަައި، ހައުސްގެ މެދުވެރިިކޮށް ފައިސާ ދޫކޮށްފައިވާ ފަރާތްތައް؛
- ކެންސަރުގެ ބަލިތަކަށް ފަރުވާ ކުރުމަށް ދޫކޮށްފައި ވަނީ 373،175ރ
- ހަށިގަނޑުގެ ބައެއް ފިހިގެން ފަރުވާ ހޯދާ ފަރާތްތަކަށް ހޭދަކޮށްފައި ވަނީ 165،446.25ރ.
- 106،012.50ރ ދޫކޮށްފައިވަނީ ހިތުގެ އޮޕަރޭޝަންތަކަށް،
- ނިއުމޯނިއާއަށް ފަރުވާ ކުރުމަށް 100،000ރ ދުކޮށްފައިވޭ
- ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށް 25،443ރ ދޫކޮށްފައިވޭ
- އެހެނިހެން ބަލިތަކަށް 731،293.50ރ ދޫކޮށްފައިވޭ
މިދިޔަ މަހު ޒަކާތު ހައުސްއިން އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ. އޭގެ ކުރީ މަހުގެ އަދަދުތަކާއެކު މިދިޔަ މަހު ހަރަދުކޮށްފައި ވަނީ 506،501 ރުފިޔާއެވެ..

