ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތް 2024 ގައި ތިނަދޫ ޕޮލިސް އަދި ސޭމްސޭމް ބައްދަލުކުރި މެޗް ވާދަވެރި ކުޅުމަކަށްފަހު ސޭމްސޭމް އިން ކާމިޔާބު ކޮށްފިއެވެ.
މުބާރާތުގައި ރޭ ކުޅުނީ 6 ވަނަ މެޗެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ރޭ ވެސް ވަނީ 2 މެޗެއް ކުޅެފައެވެ.
ރޭ ފުރަތަމަ ކުޅުނީ އަންހެން ޑިވިޝަނުގެ މެޗެކެވެ. އޯލް ސްޓަރ އަދި ކުއީންބީސް ބައްދަލުކުރި މެޗު 5 ސެޓުން ކާމިޔާބުކުރީ އޯލްޑް ސްޓަރ އެވެ. ސެޓުތައް ގެންގޮސްފައިވަނީ 22-25، 25-15، 25-21، 18-25، އަދި 15-13، އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޯލް ސްޓަރގެ ޖޯޒީ ނަންބަރު 7 ޝްރިދާ ސައީދުއެވެ.
މިރޭކުޅުުނު ދެވަނަ މެޗުގައި ވާދަކުރީ ތިނަދޫ ޕޮލިސް އަދި ސޭމް ސޭމްއެވެ. ސެޓުތައް ގެންގޮސްފައިވަނީ ވަނީ 25-21، 25-23، 25-20، އަދި 25-23 އިންނެވެ.
މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސޭމްސޭމް ގެ ޖާޒީ ނަންބަރު 5 އަހުމަދު މުއައްމަރު އެވެ.
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސްގެ ތިނަދޫ ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މުޅިއެކު 11 ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ޑިވިޝަނުގައި 5 ޓީމު ވާދަކުރާއިރު ފިރިހެން ޑިވިޝަނުގައި 6 ޓީމު ވާދަކުރެއެވެ. ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޝޫޓިންގް ސްޓަރ، މޯލްޑިވްސް ސްޓަރ، ސްކޯޕިއަންސް، ޑީސީ މެންސް، ސޭމް ސޭމް އަދި ތިނަދޫ ޕޮލިހެވެ.
އަންހެން ޑިވިޝަނުުގަައި ވާދަކުރާ ޓީމުތަކަކީ ފިޓް ފެމިނައިން، އޯލް ސްޓަރ، ޑީއާރުސީ ވިމެންސް، އިންފިނިޓީ އަދި ކުއީން ބީސް އެވެ.
މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.
ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

