ވިހެއުމަށްފަހު ބަރުދަން އިތުރުވަނީ ހަމައެކަނި ވިހެއުމުގެ ސަބަބުންނެއް ނޫނެވެެ. މިއީ މީހާ ފަލަ ވުމުގެ އެންމެބޮޑު ސަބަބު ކަމުގައި ބެލެވެނީ، ވިހެއުމަށްފަހު މަންމަގެ ދިރިއުޅުމަށް އަންނަ ބޮޑު ބަދަލެވެ. ހަމަނިދި ނުލިބުމާއި، ކަންބޮޑުވުމާއި، ގަޑިން ގަޑިއަށް ނުކެވުމަކީ މައިމީހާގެ ބަރުދަން އިތުރުވެ ހަށިގަނޑުގެ ރީތިކަން ގެއްލުމުގެ މައިގަނޑު ސަބަބެވެ.

ހަމަނިދި ނުލިބުމަކީ ފަލަ ވުމަށް މަގުފަހިވާ ކަމެކެވެ. ރޭގަނޑު ހަތަރު، ފަސްގަޑި އިރު ހަމައަށް ނިދި ނުލިބޭ އަންހެނުންނަށް މިގޮތް ދިމާވެއެވެ. ވިހެއުމަށްފަހު މަންމަގެ ދިރިއުޅުމަށް އަންނަނީ ކުޑަ ބަދަލެއް ނޫނެވެ. ރޭގަނޑުގެ ގިނަ ވަގުތު، ކުޑަދަރިފުޅަށް ބުއް ދިނުމަށާއި، ނެޕީ ބަދަލު ކުރުމަށް، ނުވަތަ ކުއްޖާ ނުނިދާ އުޅޭނަމަ، މައިމީހާ އުޅެން ޖެހެނީ ނުނިދައެވެ. ވިހެއުމާ ގުޅިގެން މަންމަގެ ހަށިގަނޑުގެ ރީތިކަން ގެއްލި ފަލަ ވުމުގެ އަނެއް ސަބަބެއް ކަމުގައި ބެލެވެނީ، ކަންބޮޑުވުން ނުވަތަ ސްޓްރެސްއެވެ. ކަންކަމާ މެދު ކަންބޮޑުވެ ހަދާނެ ގޮތް ހުސްވުމުން ގިނަ މީހުންނަށް ދެވެނީ ކާއެއްޗެއްސާ ދިމާއަށެވެ. އެހެން ކަމުން ކަންބޮޑުވުން ތަކުން އަރައިގަތުމަށް ބައެއް އަންހެނުން ގިނައިން ކައި އުޅެއެވެ. މީގެ ނަތީޖާއަކަށް ވަނީ ފަލަވުމެވެ. މީގެ އިތުރުން ހަށިގަނޑުގެ ތައިރޮއިޑް ހޯމޯން ދަށް ވުމަކީވެސް ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް ބާރުއަޅާ ކަމެކެވެ.

ވިހެއުމަށް ފަހު، މައިމީހާ ފަލަ ވުމަކީ ތަފާތު އެކި ބަލިތައް ޖެހޭ ކަމެކެވެ. އޭގެ ތެރޭގައި، ހަކުރު ބަލި، ލޭމައްޗަށް ދިޔުން، ހާޓްއެޓޭކް އަދި ކިޑްނީގެ ބަލިތައް ފަދަ ތަފާތު ބަލިތައް ޖެހެއެވެ. ވިހެއުމަށްފަހު މައިމީހާ ފަލަ ވުމަކީ، އެހެން ކުއްޖަކަށް ބަލިވެ އިންނައިރު، ލޭ މައްޗަށް ދިޔުމާއި ހަކުރު މައްޗަށް ދިޔުން ފަދަ ކަންކަމަށް މަގު ފަހިކުރުވާ ކަމެކެވެ

މިގުރުބާނީތަކުގެ ބަދަލުގައި ފިރިހެނުން ދުއްވައިގަންނަނީ ކޮންމެވެސް އާ ކަމަކާ ދިމާއަށެވެ. އަނބިމީހާއަށް ނުހައްގު އަދަބު ދީފައި އެހެން ތަންމައްޗަކަށް ދާއިރު ތިމާއަށްޓަކައި، ތިމާގެ ދަރިންކޮޅު ގޮވައިގެން ރެއާދުވާލު އަރާމެއްނެތި ތެޅެމުންދާ އަންހެންމީހާ އާމެދު އެއްވެސް ހަމްދަރުދީއެއް ނެތިއެވެ. އެކަމަކު ނިކަން އެއްްފަހަރު ނަމަވެސް ވިސްނާލަބަލާށެވެ. އެނޫނީ މުޅި އުމުރު ރޯން ޖެހިދާނެއެވެ.

އަނބިންނޭވެ! ނިކަން ވިސްނާލާފައި ހިންދެމި ތެދުވެބަލާށެވެ. ތިބާގެ ފިރިމީހާ ހަމަ މަގަށް އަޅުވާށެވެ. އެގޮތަށް އޭނާ ދޫކޮށްނުލާށެވެ. މިއީ ނުކުރެވޭވަރުގެ ކަމެއްނޫނެވެ.

މިފަދަ ފިރިންނަށް ވިސްނައިދޭށެވެ. މަގުދައްކައި ކަސިޔާރުވަމުންދާ ފިޔަވަޅުތައް ސީދާ ކުރުވާށެވެ. އެފަދަ ފިރިންނަށް ހަނދާންކޮށްދޭށެވެ. ތިޔަ ދަނީ ނުބައި ގޯޅިއަކުންނެވެ. އަނބުރާ ގެއަށް އަންނާށެވެ!