ދެ ފުލުހަކަށް ވަޅިން ބިރު ދެއްކި މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ
ފުރަތަމަ ކޯޓުން އެމީހުންގެ ބަންދަށް ދީފައިވާ ހަތް ދުވަސް ހަމަވުމާއެކު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުއްދަތު ކޮމިޓީއަށް ހާޒިރުކުރުމުން، އެކޮމިޓީން ވަނީ އެ މީހުންގެ ބަންދަށް 22 ދުވަސް އިތުކޮށްފައެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 10 ޖަހާ އެހާކަންހާއިރު، ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ 3 މީހުންނަކީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ.
އެ މައްސަލާގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތާމެދު ޝަކުވާތަކެއް ލިބިފައި ވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ.

