ސަގާފީ ކުޅިވަރުތަކާ ހަވާ އެރުވުމާއެކު ފިޔޯރީގަ ކުލަގަގަދަކޮށް އަޟްހާ އީދު ފާހަގަކުރަން ނިންމައިފިއެވެ.
މި ހަރަކާތް އިންތިޒާމުކުރަނީ ގދ. ފިޔޯރީ ކައުންސިލުންވެ.
ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު "ހުވަދޫ މީޑިއާ" އަށް ވިދާޅުވީ އަންނަ އަޟްހާ އީދުގައި ކުލަގަދަ ހަރަކަތްތަކާއިއެކު އީދު މަޖާ ކުރުން އޮންނާނީ ތަފާތު ކުޅިވަރުތަކުން ކަމަށެވެ.
މިއީ ފިޔޯރީ ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކޮށް ދިރުވުމަށް 4 ވަނަ ދައުރުގެ ކައުންސިލުން ކުރިއަށް ގެންދަން ފެށި ހަރަކާތެއް ކަމަށް ވެސް ފިޔޯރީ ކައުންސިލުން ވަނީ ބުނެއެވެ. އެގޮތުން މި ހަރކާތުގައި ރަށުގެ ހުރިހާ މުއައްސަސާ ތަކާއި ކުންފުނި ކުލަބް ޖަމިއްޔާތަށްވެސް ބައިވެރިވާ ކަމަށް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
އަޟްހާ ޢީދު ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތްތައް:
1. ޢީދު މަޅި
2. ޢީދު ސައި
3. ބައިބަލާ
4. ވާ ދެމުން
5. ކުޑަ ކުދިންގެ ހަވީރު
6. ހަވާ
7. ތިން އަވަށުގެ ކަބަލުން މެދުގައި ބާއްވާ ބިރިޔާނީ ކެއްކުމުގެ މުބާރާތެއްވެސް ކުރިއަށް ދެއެވެ.

މި ފަހަރު އަޟްހާ އީދު ސަގާފީ ކުޅިވަރުތަކާ ހަވާ އެރުވުމާއެކު ފިޔޯރީގަ/ ކުރީގެ ކުޅިވަރު ހަރަކާތެއްގެ ފޮޓޯއެއް :ފޮޓޯ ފިޔޯރީ ކައުންސިލް
ފިޔޯރީ ގައި ކުރިއަށް ގެންދާ އިޖްތިމާއީ މިފަދަ ކޮންމެ ހަރަކާތް ތަކަށް ރަށުގެ މުއައްސަސާ ކުންފުނި ކުލަބް ޖަމިއްޔާ ޖަމާއަތް ހިމެނޭ ގޮތަށް ރަށުގެ ކުދި ބޮޑު ހުރިހާ ފަރާތްތަކުން އީދު ފާހަގަކުރުމުގެ ކަންކަމަށް ދެއްވާ އެއްބާރުލުން ފާހަގަ ކޮށް ކައުންސިލް ރައީސް ވަނީ ޝުކުރުވެރިވާ ކަމަށްވެސް ފާހަގަކޮށްފައެވެ.

