ފަލަސްތީނުގެ ހައްގުގައި ބޮޑު އެއްވުމެއް ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމައިފިއެވެ.
މިދިޔަ އަހަރު އޮކްޓޯމްބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ލާއިންސާނީ އަނިޔާތައް ދަނީ މެދުކެޑުމެއްނެތި ދެމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ހަނގުރާމަޔާއި ދެކޮޅަށް އަޑުއަޑުއުފުލަމުންދާއިރުވެސް މި ލާއިންސާނީ އަނިޔާވެރިކަމާ ފަލަސްތީނުގެ ރައްޔިތުން ދަނީ ކުރިމަތިލަމުންނެވެ.
ރަފަހްގައި، އަނިޔާވެރިކަމާއެކު ސަހްޔޫނީ ޔަހޫދީން ހަމަލާދީ ތުއްތު ކުދިންނާއި އަންހެނުނާ އާންމުން، މިހާރު އަންދަމުންދާން ފަށާފައިވާ ކަމުގައި ދުނިޔޭގެ މީޑިއާތައްވެސް ވަނީ އަޑުއުފުލަން ފަށާފައެވެ.
މާލޭގައި ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާއިރު ފަލަސްތީނުގެ އާއިލާއެއް ވަނީ ރާއްޖެ ގެނެސްފައެވެ. އަދި 17 އަހަރުގެ އަންހެންކުއްޖަކުވެސް ވަނީ ރާއްޖެ ގެނެސްފައެވެ.

މާލޭގައި ބާއްވާ ހިނގާލުން ބާއްވަން ނިންމާފައިވަނީ "އިސްރާ" ޖަމިއްޔާއިން އިސްނަގައިގެންނެވެ. މި ހަރަކަތް އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
ހަވީރު 16:00 އޮންނަ މި ހަރަކާތުގައި ވިހާވެސް ގިނަބަޔަކު އެއްވުމަށްވެސް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

