ރެއިންކްރެސްޓް ރެޒިޑެންސް ކައިރީ ރޯވި އަލިފާން، ސިފައިންގެ އެހީތެރިކަމާއެކު ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭގައި ހުންނަ ރެއިންކްރެސްޓް ރެޒިޑެންސް ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 03:58 ހާއިރު ކަމަށާއި، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާ އަލިފާން ނިއްވާލާފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ނަމަވެސް ފަޔާރ ފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ނިއްވާލެވުނީ ރޭ 04:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

