ގދ. ތިނަދޫ ފެމިލީ ސެންޓަރުން "ހާލު ބަލަމާ" ހަރަކާތުގައި ރައްޔިތުންގެ ގާތަށް ޒިޔާރަތް ކޮށްފިއެވެ.
ހާލު ކިހިނެތް މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން " ހާލު ކިހެނެއް؟" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށ،ް އެމީހުންގެ ހާލު ބަލައ،ި މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނ،ެ އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުން ކަމަށެެވެ.

ގދ ތިނަދޫ ފެމިލީ ސެންޓަރުން ހާލު ކިހިނެތް ޕްރޮގްރާމް ފެށުމަށްފަހު އާއިލާއަކާބައްދަލުކޮށް ހާލު ބެލުން/ ؛ފޮޓޯ ތިނަދޫ ފެމެލީ ސެންޓާރ
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައ،ި ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއ،ި ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއ،ި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އެ ވުޒާރާއިން މަސައްކަތްކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ެއެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިޔަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ފެށީ މާލެ ސަހައްދުގައި އިއްޔެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހ،ިން ފެށި މި ހަރަކާތް ކުރިއަށްދިޔައީ ހިޔާ ސަރަހައްދުގައި ހަވީރު 16:00 ގައެވެ.
އެ ވުޒާރާއިން ބުނީ މާލެ ސަރަޙައްދެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ޢާއިލީ ސެންޓަރުތައް ހުރި ރަށްރަށުގައި މި ޕްރޮގްރާމު ވަނީ ފަށާފައިވާ ކަމަށެވެ. އެ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށ،ް ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނ،ެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

