ގިނަ އަަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ޖަލު އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނައަދަދެއްގެ މަސްތުވާ ތަކެއްޗާއިއެކު މާފުށީ ޖަލު ކައިރިން ހުއްޓުވާ ބަލާފާސްކުރުމުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޖަލު އޮފިސަރެކެވެ.
އޭނާ އަތުލައިގަތް އިރު އޭނާގެ އަތުން 38.4 ގުރާމުގެ މަސްތުވާތަކެތި ވަނީ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެމިހާ ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ 21:12 ހާއިރު ކަމަށެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއްް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދިހަ ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

