މާލެ ހުޅުމާލެ ވިލިމާާލޭގެ މިސްލިތްތަކުގެ ފާހަނާތައް ފަސްތަރީގެ ފާހަނަތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މިސްކިތްތަކާއި ވެށީގެ ސާފްތާހިރުކަމާއި ގުޅޭގޮތުން މިރޭ ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެވެ.
އާޒިމް ފާހަގަ ކުރެއްވީ ރައްޔިތުންގެ ޒިންމާއަކީ މިސްކިތްތައް ރީތިކޮށް ބެލެހެއްޓުން ކަމަށެވެ.
“މިސްކިތްތަކަކީ ވަރަށް ވަރަށް ރީތި ތަންތަނޭ މީހުން ބުނާ ވަރަށް އެކަން ކޮށްދެއްވާށޭ، އަޅުުގަނޑުގެ އަމާޒެއް މިސްކިތުގެ ފާހަނަ ތަަކަކީ ފަސް ތަރީގެ ފާހަނަތަކަށް ހެދުން، އެކަމުގެ މަސައްކަތް ފަށައިގެން މި ދަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލެ، ވިލިމާލެ، ހުޅުމާލޭގައި ހުންނާނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ފަސް ތަރީގެ ރީތި ފާހަނަ،”. އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މީހެއްގެ ގެއަކަށް ވަދެފައި، ފާހަނައަށް ވަދެވުމުން ފާހަނަ ރީތިވެއްޖެނަމަ ވަރަށްވެސް އުފާވާނެ ކަމަށާއި އެހެންކަމުން މިސްކިތްތަކުގެ ފާހަނަތައްވެސް ރީތިވުމުން އެކަމުގެ ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.
“ފާހަަނަ ރީތިކޮށް ހުރެއްޖެއްޔާ ބަލާނެ ކަމެއް ނެތް، އެެއީ ސާފް ތާހިރުކޮށް އުޅޭ ބައެއް، އެއީ މިންގަނޑެއް،”. އާޒިމް ވިދާޅުވިއެވެ.
އާޒިމް ފާހަގަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލަފާފުޅާއި އެއްގޮތަށް މިހާރު މިސްކިތްތައް ސާފް ކުރުމުގައި ހަރަކާތްތެރިވާން ފަށާފައިކަމަށާއި، އެހެންކަމުން އެ މަސައްކަތުގައި ދިވެހިން މުއައްޒަފުން ބޭނުން ކުރަމުން އަންނަ ކަމަށެވެ.

