ދަތުރު ކުރަމުންދިޔަ ލޯންޗެއް ފާނަ މަސްވެރިކަން ކުރަން މޫދަށް އެރިއުޅުނު ބިދޭސީއެއްގެ ގައިމަތީން ދިއުމުގެ ސަބަބުން މީހަކު މަރުވި މައްސަލަގައި ލޯންޗްގެ ކެޕްޓަން ހައްޔަރު ކޮށްފިއެވެ.
ފާނަ މަސްވެރިކަމަށް ކަނޑަށް ނުކުތީ 4 ބިދޭސީއަކާ ދިވެއްސެކެވެ. އޭގެ ތެރެއިން މަރުވީ ބިދޭސީ ފިރިހެނެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:55 ގައެވެ.
ފުލުހުން ބުނީ ލޯންޗު ޖެހުމުގެ ސަބަބުން އަނިޔާވިމީހާ ދަނގެތި ސިއްހީމަރުކަޒަށް ގެންދެވުނުއިރުވެސް ނިޔާވެފައިވާ ކަމަށެވެ.
މި މައްސަލައާގުޅިގެން ލޯންޗްގެ ކެޕްޓަން ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.

