ކަރަންޓު ބިލުތަކާ ގުޅުން ހުރި އެއްވެސް ޝަކުވާ ހުށަހަޅަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ ނަމްބަރެއް އާއްމު ކޮށްފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅާއި މި މަސް ފެށުމާ އެކުގައި، މެއި މަހުގެ ކަރަންޓު ބިލު ބޮޑުވި ވާހަކަ އަޑުގަދަކޮށް ދައްކަމުން ދާތީ އެކަމާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން ވަނީ ހާއްސަ ނަމްބަރެއް ކަނޑައަޅާފަ އެވެ.
ސްޓްލެކޯއިން މިއަދު ބުނީ ކަރަންޓް ބިލުތަކާއި ގުޅިގެން ކަސްޓަމަރުން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލްޑިންގގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދި އީމެއިލް މެދުވެެރިކޮށް ނަމަ billing@stelco.com.mv އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކަސްޓަމަރުން ހުށަހަޅާ ޝަކުވާތައް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

