ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެންބަރުކަން ފަލަސްތީނަށް ލިބިއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގައި ޑަބްލިއްއެޗްއޯގެ ފުރިހަމަ މެންބަރުކަން ދިނުމާއި ގުޅޭ ގަރާރު ފާސްކޮށްފައިވަނީ 101 މެމްބަރުންގެ ވޯޓުންނެވެ. އެކަމާއި ދެކޮޅަށް ފަސް ގައުމަކުން ވޯޓުދިން އިރު، 21 ގައުމަކުން އެއްވެސް ކޮޅަކަަށް ވޯޓު ދީފައެއް ނުވެއެވެ.
މި ނިންމުމާއި ގުޅިގެން މި އެސެމްބްލީގައި ބައިވެރިވެވަޑައިގަންވަމުން ގެންދަވާ ރާއްޖޭގެ ސިއްހީ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވީ، މި ތާރީީ ނިނިންމުމާއެކު، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ބަޖެޓް ލިބުމާއި ވޯޓުލުމުގެ ހައްގު ހިމެނޭ ކަަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދުންފެށިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްވަނީ ލިބިފައި. ވާރލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ތާރީޚީ ނިނިންމުމާއެކު، ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ޙައްޤެއް ފަލަސްޠީނަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ލިބިގެންދާނެ- ހަލީލް
ވޯލްޑު ހެލްތު އެންސެމްބުލީގައި ވަޒީރު ޚަލީލު ތަޤުރީރު ކުރައްވަމުން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޙަމަލާތައް ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.
“ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފުރިހަމަ ލަފާފުޅާއެކު އިސްލާމީ ގައުމުތަކާއެކު ވާރލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭން ވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށް ގައި،”
ވޯލްޑު ހެލްތު އެންސެމްބުލީގައި ވަޒީރު ޚަލީލު ތަޤުރީރު ކުރައްވަމުން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޙަމަލާތައް ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.
އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި ޚިލާފަށް އެތައް ކަމެއް ފަލަސްތީނާއި ދެކޮޅަށް ހިނގަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

