މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން، ތައި ޗެމްބަރ އޮފް ކޮމާސްގެ މަންދޫބުންނަށް ބިޒިނަސް ބްރީފިންގ ސެޝަނެއް ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި ތައި ޗެމްބަރ އޮފް ކޮމާސް ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަން ބާއްވާފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ސެޝަންގެ މަގްސަދަކީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އާއި ހުޅުވާލެވިފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމެވެ. ތައިލެންޑުގެ 170 ވިޔަފާރީގެ މަންދޫބުން ބައިވެރިވި މި ސެޝަންގައި ތައިލެންޑުގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ އިސްވެރިންނާއި ވިޔަފާރިވެރިންނާއި ފައިނޭންސަރުންނާއި ސީއީއޯ ހިމެނެ އެވެ.

ތައި ޗެމްބަރ އޮފް ކޮމާސްގެ މަންދޫބުންނަށް ބިޒިނަސް ބްރީފިންގ ސެޝަންގެ ތެރެއިން….ފޮޓޯ:އިކޮނޮމިކްމިނިސްޓްރީ އެކްސްޕޯސްޓް
ބިޒްނަސް ޑެލިގޭޓުން، ނުވަތަ ވިޔަފާރީގެ މަންދޫބުންނަކީ މިނިސްޓްރީ އޮފް ކޮމާސް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިންޑަސްޓްރީ، މިނިސްޓްރީ އޮފް ސިވިލް އެފެއާޒް އަދި ތައި ޗެމްބަރ އޮފް ކޮމާސް ގުޅިގެން ޔުނިވަރސިޓީ އޮފް ދަ ތައި ޗެމްބަރ އޮފް ކޮމާސް (ޔޫ.ޓީ.ސީ.ސީ) އިން ފަށާފައިވާ ފްލެގްޝިޕް ޕްރޮގްރާމެއް ކަމަށްވާ ޓޮޕް އެގްޒެކެޓިވް ޕްރޮޕް-އެމް އިން ކޮމާސް އެންޑް ޓްރޭޑް (ޓެޕްކޯޓް) ގެ ބައެކެވެ. މި ޕްރޮގްރާމަކީ ވިޔަފާރިވެރިންނާއި ސިނާއަތްތަކުގެ މެދުގައި ވާދަވެރިކަން އުފައްދަން ބޭނުންވާ ސްޓްރެޓެޖިކް ވިސްނުމާއި ހުނަރުތައް ބޭނުންކުރުމަށް ތައިލެންޑްގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިން ޝައުގުވެރިވާ ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

