މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަަހަރުގެ އެޕްރެންޓިސް ޕްރޮގްރާމްގެ ޓަގް އޮޕަރޭޓުންގެ ގޮތުގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ އުމުރު 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ. އެމްޕީއެލް އިން ބުނި ގޮތުގައި މި އަހަރު އެޕްރެންޓިސް ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ޓަގް އޮޕަރޭޓުންނަށް 8 ޖާގައާއި އޮޓޮމޯޓިވް މެއިންޓަނަންސްއަށް 9 ޖާގަ ކަމަށެވެ.
މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެއެވެ.
6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ 10 ޖޫން 2024 ވާ ދުވަހުގެ 15:30 އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކަށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު، އަދި ބައިވެރިވުމަށް އެދޭ ފޯމް އެ ކުންފުނިން ގެޒެޓްކޮށްފައިވާ އިއުލާންގައި ހިމަނާފައި ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

