ކުއީން އޮފް ދަ ޑާކްގެ ނަމުން މަޝްހޫރު ގަޓްވެޗް އަކީ އޭނާގެ ގައިގެ ހަމުގެ ކުލައިން މީހުންގެ މެދުގައި ތަފާތުވެ މަގުބޫލުވެފައިވާ އަންހެން މޮޑެލްއެކެވެ. އޭނާގެ ގައިގެ ކުލައަކީ ސާފު ކަޅުކުލައެވެ. އާންމު މީހުން ގައިގަ ހުންނަ މުށި ކަޅުކުލައެއް ނޫނެވެ. ސާފު ކަޅު ކުލައެވެ.
އަނދިރިކަމަށް ބިރުނުގަންނަން ދަސްކޮށްދެމުން އަންނަ ދެކުނު ސޫދާން ދަރިކޮޅުގެ އެފްރިކަން އެމެރިކަން މޮޑެލް ނަޔާކިމް ގަޓްވެޗްއާ ކުރި އަރައިގެން ދަނީ އޭނާގެ ހަރުކަށި އަޒުމާއެކުގައެވެ. ޒަމާނުއްސުރެ ދޮންކުލައަށް އޮންނަ އޯޑިއަންސް ސާފު ކަޅު ކުލައަކަށްވެސް ލިބިދާނެ ކަން އޭނާ ސާބިތުކޮށްދީފިއެވެ. ނަޔާމީ ދަނީ އޭނާ ފަދަ އެހެންކުދިންނަވެސް ހިތްވަރުދީ ދާއިރާއަށް ނުކުތުމަށް މަގުދައްކަަމުންވެ.
މިހާރު މިނެސޯޓާގެ މިނިއާޕޮލިސްގައި ދިރިއުޅެމުން އަންނަ އެފްރިކާގެ މޮޑެލް އަދި ފެޝަން އައިކަން، 24،އަހަރުގެ ނަޔާމިކް ގަޓްވެޗްއާ އޭނާގެ ގައިގެ ހަމުގެ މެލަނިންއާ ނުވަތަ ގައިގެ ހަމުގެ ކަޅުކުލައާ މެދު އެއްވެސް ލަދުވެތިކަމެއް ނެތެވެ.، އޭނާ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ނަން ހިނގާ މީހެކެވެ.
"މައި ޗޮކްލެޓް އިޒް އެލިގަންޓް ސޯ އިޒް ވައި އައި ރެޕްރެޒެންޓް، އަ ނޭޝަން އޮފް ވޮރިއަރސް،" އިންސްޓަގްރާމްގައި އާންމުކޮށް 10،000 އަށް ވުރެ ގިނަ ލައިކްސް ލިބޭ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވެ އެވެ.

ކުއީން އޮފް ދަ ޑާކްގެ ނަމުން މަޝްހޫރު ގަޓްވެޗް
އަނެއް ބައިގައި އޭނާ ވަނީ އުބާ ޑްރައިވަރަކު އޭނާގެ ހަންގަނޑު "ބްލީޗިން" ކުރަން މަސައްކަތް ކުރަން ލަފާދިން ތަޖުރިބާއެއް ކިޔައިދީފަ އެވެ- އަދި އޭނާގެ ހަމައެކަނި ޖަވާބަކީ ހިނިތުންވުމެވެ. "ކަލޭމެނަށް ގަބޫލެއްވެސް ނުކުރެވޭނެ އަހަރެންގެ ގައިގެ ކުލަ އާހުރެ މީޙުން ކުރާ ސުވާލުތައް."
ގެޓްވެޗަކީ ހަމައެކަނި ފެޝަން އިންޑަސްޓްރީގައި ތަފާތުކަމަށް ވަކާލާތު ކުރާ މީހެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަޅު ނަސްލުގެ ހައްގުތަކަށް އަޑު އުފުލާ މީހެކެވެ. "ކުއީން އޮފް ޑާކްނެސް" ގެ ނަމުން ވެސް އޭނާ ވަނީ އުފަލާއެކު ބަލައިގަންނަ ލަގަބެއް ދީފަ އެވެ.
"ބްލެކް އިޒް ބޯލްޑް، ބްލެކް އިޒް ބިއުޓިފުލް، ބްލެކް އިޒް ގޯލްޑް… އެމެރިކާގެ މިންގަނޑުތަކުން ތިބާގެ އެފްރިކާގެ ފުރާނައަށް ގެއްލުމެއް ނުދޭށެވެ. ކޮންމެ ކުލައެއް ހުއްޓަސް އެހަމުގެ ހިޔަލުގައި ކަލޭ ދިރިއުޅޭ ގައިގެ ހަންގަނޑު ދެކެ ލޯބިވާށެވެ. އެއީ ކަލޭގެ ހަގީގީ ނަލަކަމާއި ޝަރަފެވެ.

