ދުނިޔޭގެ ތިމާވެށިގެ ދުވަހާއި ގުޅިގެން ސަރުކާރުގެ ފަރާތުން 5 މިލިއަން ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެ ސްޓެލްކޯގެ ބޮޑު ހަރަކާތެއް ކ ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
5 މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމަކީ ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ވަނީ އިފުތިތާހުކޮށްދެއްވާފައެޗެ. މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ.
ގަސްއިންދުމުގެ ޕްރޮގްރާމްގައި ސްޓެލްކޯ މުވައްޒަފުންގެ ގަސް އިންދުމުގެ ޕްރޮގްރާމް އޮތީ މާލެ އަތޮޅު ތުލުސްދޫގައެވެ.
ސްޓެލްކޯގެ ހަރަކާތުގައި، އެކުންފުނީގެ މުވައްޒަފުން ބައިވެރިވާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޢާމާޒު ޙާސިލްކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތްކޮށްދެއްވުމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވަނީ އެދިވަޑައިގެންފައެވެ.
ޠާރިޤް ވިދާޅުވީ ރާއްޖެއިން ނެތެމުންދާ ގަސްތަކުގެ ދިރާސާއެއް ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން 22 ބާވަތެއްގެ ގަސް އިންދާފައިވާއިރު، ޖުމްލަ 90 ބާތެއްގެ ގަސް މި ޕްރޮގްރާމްގެ ތެރެއިން އިންދުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ޕްރޮގްރާމް މާލެއާއި އަތޮޅުތަކުގައި ވަނީ ފަށާފައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ރިސޯޓްތަކުގައާއި ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާނެކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ 3 ސަރަޙައްދެއްގެ ގަސް އާލާކުރުމަށް ނާސަރީތައް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ ފަސޭހައިން ގަސްތައް ފޯރުކޮށްދީ، ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ކުރާނެ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ މުހިންމު ބައިތަކެއް މިއަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، 5 އަހަރަށް ބަހާލައިގެން ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިގައެވެ.
ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން، ކަރބަން ނިއުޓްރަލް ޤަޢުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތާ، ރާއްޖޭގެ ކުޅި، ފާ ޗަސްބިންތަކަށް ހީމާޔަތްކުރުމާއި ކުނި މެނޭޖުކުރުމުގެ ފުރިހަމަ މަސައްކަތްކައް ސަރުކާރުން ކުރިއަށްގެންދަވާނެކަމަށް ތިމާވެއްޓާ ބެހޭ ވަޒިރު ޠާރިޤް އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.

