މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދަމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ފުލުހުން ހޯދަމުންދަނީ އަލީ ރަޝީދު، ކ. މާލެ / ދަފްތަރު ނަމްބަރު ދރ 1387 (45އ) އާއި، ލުޤުމާން އިސްމާޢީލް، ކ. މާލެ / ހ. އަނަސަމް (31އ) އެވެ.
މި ދެ މީހުން ހޯދަމުން ދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
މި ދެމީގުން ވެސް ހާޒިރުވާން ޖެހޭނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖޫން 10 ވަނަ ދުވަހުގެ 10:00 އަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

