މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ނިހާން އައްޔަން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އަހުމަދު ނިހާން ހުސައިން މަނިކު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهއެވެ.
އަހުމަދު ނިހާން އަކީ ކުރީގެ ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެވެ. ނިހާން އެ މަގާމަށް އައްނުކުރައްވާފައިވަނީ އިއްޔެއެވެ. އޭނާ ވަނީ އިއްޔެއިންފެށިގެން ވަޒީފާއަށް ނުކުންނަވަންވެސް ފައްޓަވާފައެވެ.
ނިހާންގެ ކުރިން ބިއުރޯގެ ޗީފަކަށް ހުންނެވީ ފާތިމަތު މުޙައްމަދު ސޯލިހްއެވެ.

