ހޯމް މިނިސްޓްރީގެ އާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ހިންނާ ޚާލިދު ހަމަޖައްސައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ހިންނާއަށް މަގާމުގެ ލިޔުން ހަވާލުކުރީ ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަލީ އިހުސާންއާއި ސިވިލް ސާރވިސް ކޮމިޝަނުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބިޒްނަސް މެނޭޖްމެންޓް އިން މާސްޓާޒް ހާސިލުކުރެއްވި ހިންނާ ވަނީ ރާއްޖޭގެ އެކި ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
ހަމައެހެންމެ، ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ހިންނާ ވަނީ ފުރުއްވާފަ އެވެ.

