4 މީހުންނާއެކު، ޅ. އަތޮޅަށް ދަތުރުކުރި "ލޫން 2" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށްދަނިކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
މި ދޯނި ދިޔަވެ އަޑިއަށްދާން ފަށާފައި ވަނީ ކ.ހެލެގެލި ކައިރިން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ފޮޓޯ: އެމްއެންޑީއެފް
މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 20:52 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައިޖެހިގެންކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

