ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލާއި ފިޝަރީޒް މިނިސްޓްރީ އާއި ވެމްކޯ ގުޅިގެން ދެކުނު ފަރާތު ފަޅު ސާފު ކޮށްފިއެވެ.
މި ހަރަކާތް މިއަދު ހެނދުނު ކުރިއަށް ގެންދިޔައިރު މި ހަރަކާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މާލޭގެ މޭޔަރު އާދަމް އާޒިމް އަދި ވެމްކޯގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ކައުންސިލްގެ މުވައްޒަފުންނާއި ފިޝަރީޒް އާއި ވެމްކޯ މުވައްޒަފުން ވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް މިއަހަރު ސަރުކާރުން ދަނީ ވަރަށް ކުލަގަދަކޮށް އެކި ސަރަހައްދުތަކުގައި ފާހަގަކުރަމުންނެވެ. އެގޮތުން ޑައިވް ހަރަކާތާއި މަސްރޭހާއި މޫދު ކުޅިވަރާއި ކުޑަކުދިންގެ ހަވީރެއް ވެސް މި ދުވަސް ފާހަގަކުރުމަށް ވަނީ ބާއްވައިފައެވެ.
ކަނޑުމަހުގެ ވިޔަފާރީގެ ބާޒާރުގަައި ހުރިހާ އެންމެންނަށް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

