ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެންއަންހެނަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކެވެ. މިމީހާ ހޯދަމުން ދަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށާއި، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށްވެސް ބުނެފައި ވެއެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މ. ލޮނުމިދިލިގެ، ޔުމްނާ ޢަބްދުއްރައްޒާޤު (38އ) އެވެ.
ޔުމްނާ ޢަބްދުއްރައްޒާޤު ހޯދަމުންދަނީ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށާއި، ބަންދުގައި ބަހައްޓައިގެން ޖޫން 11 ވަނަ ދުވަހުގެ 11:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށްވެސް ބުނެފައި ވެއެވެ.
ޔުމްނާ ޢަބްދުއްރައްޒާޤުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންނަށް އެންގެވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

