މިދިޔަ ހަފްތާގައި ތޮއްޑޫ ކައުންސިލް އިދާރާގެ ކުރިމަތީގައި ހަމަނުޖެހުން ހިންގާ ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގާއުކި މައްސަލާގައި 8 މީހަކު ހައްޔަރު ކޮށްފިއެވެ.
ތޮއްޑޫއިން ދަނޑުވެރިކަމަށް ބިން ދޫނުކުރާ ކަމަށްބުނެ އެރަށު މީހުން ކަންބޮޑުވުންފާޅުކޮށް އިހުތިޖާޖު ކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. މިއަދު 8 މީހަކު ހައްޔަރު ކޮށްފައިވާއިރު، ތޮއްޑޫ ބުރައިޓް އަންހެން މަގު ބޭރު ގައި ވަނީ ރޭގަ އަލިފާން ރޯ ކޮށްފައެވެ.
ތޮއްޑޫގައި އަލިފާން ރޯ ކޮށްފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ ރޭ 21:29 ގައި ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަލިފާން ރޯ ކުރި މައްސަލައާއި ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގް ކުރަމުން ކަމަށް ބުނެއެވެ.
8 މިހަކު އެރަށުން ހައްޔަރުކޮށްފައިވަނީ ތޮއްޑޫ ކައުންސިލް އިދާރާގެ ކުރިމަތީގައި ހަމަނުޖެހުން ހިންގާ ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގާއުކި މައްސަލައާއި ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ކައުންސިލް އިދާރާދޮށުގައި އިހްތިޖާޖްތައް ކޮށްފައިވާއިރު، ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކުމާއި، މަސްލަހަތު ގެއްލުމާލުމަށް މަސައްކަތްކޮށްފައި ވާތީ އެކަން އެގޮތަށް ނުކުރުމަށްވެސް ފުލުހުން ވަނީ އަންގާފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ތޮއްޑޫ ކައުންސިލުން ނިންމީ އެ ރަށުގެ ދަނޑުބިންތައް 15 އަހަރަށް ދޫކުރުމަށެވެ. ނަމަވެސް ރައްޔިތުން އެގޮތަށް ބޭނުން ނުވާ ކަމަށްބުނެ ފާހަގަ ކޮށްފައިވަނީ އެ މީހުން ބޭނުން ވަނީ ކުރީން އޮތް ގޮތަށް ފަސް އަހަރަށް އެ މުއްދަތަށް ބިންތައް ދޫކޮށްފައި ބޭއްވުމަށް ކަމަށެވެ.
ފުލުހުން އޭރު ބުނީ އެ ސަރަހައްދު ގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް ވެސް އަނިޔާވި ކަމަށެވެ. އަދި ފުލުސް މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށާއި، އެ މީހާއަށް ފަރުވާވެސްދީފައިވާ ކަމަށެވެ.

