ދިވެހި ހައްޖުވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމު މިހެން ވިދާޅުވީ މިއަދު ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ވެލާނާއިންޓަނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލު ކުރެއްވުމުގައި، ޑރ. ޝަހީމު ވިދާޅުވީ ދިވެހި ހައްޖުވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.
މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ބަލިމީހާގެ ހާލަތު ސަރުކާރުން ބަލަމުން ގެންދާކަމަށާއި ހައްޖުކޯޕަރޭޝަނުންނާއި ސަރުކާރުގެ ހައްޖު މިޝަންގެ ފަރާތުންވެސް ބަލިމީހާގެ ހާލަތު ބަލަމުންދާކަމަށެވެ.
”އަޅުގަނޑު ވާނީ ރާއްޖޭގައި ތިބި އެބޭފުޅާގެ އާއިލާ މީހުންނަށް ގުޅާފައި.“ ޑރ ޝަހީމް ވިދާޅުވިއެވެ.

