ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ހަމަޖައްސައިފިއެވެ.
މިއީ ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއާއެކު މިއަހަރުގެ ޙައްޖުގެ ކަންކަމުގައި ރާއްޖޭގެ ޙައްޖު މިޝަންއާއެކު ދިވެހި ދަރިވަރުންވެސް ޙައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދެއްވުމަށް ވަޒީރު ވަނީ ނިންމަވާފައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

