މާޅޮސް މަޑުލު އުތުރު ބުރީ ހުޅުދުއްފާރުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މަސައްކަތުގެ ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ހާމަކޮށްފިއެވެ.
އާރްޑީސީ އިން މައުލޫމާތު ދިން ގޮތުގައި ރ އަތޮޅު ހުޅުދުއްފާރުގައި ތާރު އެޅުމަށް ބޭނުން އެސްފަލްޓް ޕްލާންޓް އެރަށަށް ފޮނުވާފައިވާ ކަމަށާއި އެ ޕްލާންޓް ސެޓަޕްގެ 95 އިން ސައްތައިގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ހުޅުދުއްފާރުގައި ޒަމާނީ ފެންވަރަށް މަގު ތަރައްގީ ކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން….ފޮޓޯ:އާރްޑީސީ
މީގެ އިތުރުން ހުޅުދުއްފާރު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ ކުރިން އަޅާ އެގްރިގެޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމަށް ތައްޔާރުވުމުގެ ގޮތުން އެމަގު ސަބްގްރޭޑް ކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންް ދާ ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.

ހުޅުދުއްފާރުގައި ޒަމާނީ ފެންވަރަށް މަގު ތަރައްގީ ކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން….ފޮޓޯ:އާރްޑީސީ
ހަމައެހެންމެ ހުޅުދުއްފާރުގެ އިތުރުން އދ. މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ހުޅުދުއްފާރުގައި ޒަމާނީ ފެންވަރަށް މަގު ތަރައްގީ ކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން….ފޮޓޯ:އާރްޑީސީ
އެގޮތުން އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން އެގްރިގެޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމަށްޓަކައި ރަށް ދެބައިމަގު ސަބްގުރޭޑު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށްވެސް އާރްޑީސީ އިން މައުލޫމާތު ދީފައިވެއެވެ.

