ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމް އިން މިއަދު ކުރިއަށް ގެންދިޔަ "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކޯޕަރޭޝަނުގެ ފަރާތުން ދެލައްކަ ދިހަ ހާސް ފަސްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ނުވަދިހަ ފަސް ލާރި ގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އާރްޑީސީ އިން މައުލޫމާތު ދިން ގޮތުގައި މިއަދުގެ ޓެލެތޯނަށް ހަދިޔާ ކޮށްފައި ވަނީ އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އެވެ. އެގޮތުން އެ ކޯޕަރޭޝަނުން ހަދިޔާ ކުރި ޖުމްލަ ފައިސާ -/210,594.95 ރުފިޔާގެ ރަމްޒީ ޗެކެއް ވަނީ ޕީއެސްއެމްއާ ހަވާލުކޮށްފައެވެ.
މި ފައިސާގެ އެހީތެރިކަމަށްފަހު އަދިވެސް ކުރިއަށް އޮތްތަނުގައިވެސް އެކޯޕަރޭޝަނުގެ މުވައްޒަފުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ފަލަސްތީނާއެކު ދެމި ތިބޭނެ ކަމުގެ ޔަގީންކަން އާރްޑީސ އިން ވަނީ ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަަދު މުއިއްޒުގެ އެދިވަޑައިގެންނެވުމަކަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ މި ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިޓެލެތޯން ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.ތ
ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.
މިފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10އެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެއެވެ.
ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

