މޯލްޑިވިއަންގެ ތްރޫފެއަރ މެދުވެރިކޮށް ބައިނަލްއަގުވާމީ ދަތުރުތަކުގެ ތެރެއަށް ހިދުމަތުގައި ޓްރެވިންޑްރަމް އާއި ކޮޗިން ހިމަނައިފި އެވެ.
މޯލްޑިވިއަންގެ ތްރޫފެއަރ ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ އަދި އެތެރޭގެ އުދުހުންތައް އެއް ބުކިންއަކަށް އިންޓަގްރޭޓްކޮށް، ކަސްޓަމަރުންނަށް ދަތުރުކުރުމުގެ ކަންކަން ލުއިކޮށްދޭނެއެވެ. މި ހިދުމަތް މޯލްޑިވިއަން އިން އޭޕްރިލް މަހު ފެށީ މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުން މޯލްޑިވިއަންއިން ދަތުރުކުރާ ޑާކާ، ބެންގަލޫރު އަދި ކޮލަމްބޯ ފްލައިޓުތަކަށެވެ.
މިއާއިއެކު ޓްރެވިންޑްރަމްއާއި ކޮޗިންއަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް ތްރޫފެއާގެ ހިދުމަތުގެ ތެރެއިން ޑޮމެސްޓިކް މަންޒިލުން ފެށިގެން މުޅި ދަތުރު އެއްކޮށް އެއް އައިޓެނަރަރީގައި ބުކިން މިހާރު ހަދާލެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ތުރޫ ފެއާގެ ހިދުމަތުގެ ސަބަބުން ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކުގެ މެދުގައި ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭނެ އެވެ. މިކަމުގެ ސަބަބުން ގިނަ ބުކިންތަކާއި ލޭއޯވަރުތަކާ ގުޅިފައިވާ އާންމު އުނދަގޫތައް ނައްތާލައި، ދަތުރުފަތުރުގެ އިތުރު ފުރިހަމަ ތަޖުރިބާއެއް ކަށަވަރުވެގެން ދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މި ހިދުމަތް އެ އެއާލައިންގެ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަނާއި ޓިކެޓިން އޮފީހުގެ އިތުރުން ސޭލްސް އެޖެންޓުން މެދުވެރިކޮށް ވެސް ލިބޭނެއެވެ.

