އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއުގައި، ކައުންސިލް އިމާރާތްތައް އަޅާ 50 ރަށުގެ ލިސްޓު ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި ރަށްތަށް ކަނޑައަޅާފައިވަނީ ކައުންސިލްތަކުގެ ހާލަތާއި ޖާގައާއި ޚިދުމަތުގައި ހަރަކާތްތެރިވާ މިންވަރަށް ބަލާ ކަނޑައާޅާފައިވާ ވަކި މިންގަނޑަކަށް ބަލައިގެންނެވެ.
ކައުންސިލް އާ އިމާރާތް އެޅުމަށް ކަނޑައެޅި 50 ރަށް:
- ހއ. އަތޮޅު: ވަށަފަރު، އިހަވަންދޫ، ދިއްދޫ
- ހދ. އަތޮޅު: ކުމުންދޫ، ނޭކުރަންދޫ، ވައިކަރަދޫ
- ށ. އަތޮޅު: ފޭދޫ، ކޮމަންޑޫ، ގޮއިދޫ، ނަރުދޫ
- ނ. އަތޮޅު: ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ
- ރ. އަތޮޅު: ވާދޫ، ހުޅުދުއްފާރު
- ބ އަތޮޅު: ކަމަދޫ. ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ
- ޅ. އަތޮޅު: ކުރެންދޫ
- ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު
- އދ. އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށި
- މ. އަތޮޅު: މުލި، ދިއްގަރު، މުލައް
- ފ. އަތޮޅު: ފީއަލި
- ދ. އަތޮޅު: ހުޅުދެލި، ބަނޑިދޫ
- ތ. އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނި، ގުރައިދޫ، ވޭމަންޑޫ
- ލ. އަތޮޅު: ކުނަހަންދޫ، މާވަށް
- ގއ. އަތޮޅު: މާމެންދޫ، ނިލަންދޫ
- ގދ. އަތޮޅު: މަޑަވެލި
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި 50 ރަށުގެ އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށާނެކަމަށާއި މި އިމާރާތްތައް ވާނީ ވަރަށް ޖާގަ ތަނަވަސް އަދި ކައުންސިލްތަކުގެ ހިންގުމުގެ މަސައްކަތަށް ބޭނުންވާ ލުއިފަސޭހަތައް ލިބޭގޮތަށް ފަރުމާކުރާ ތަންތަނަށްކަމަށެވެ.
މީގެއިތުރުން ޕީއެސްއައިޕީގައި ހިމަނައިގެން 2023 ވަނަ އަހަރު އަދި 2024 ވަނަ އަހަރު ބަޖެޓުގައި ހިމަނައިގެން 55 ރަށުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރިކަމަށް ކަނޑައެޅި 102 ރަށުގެ ކައުންސިލް އިމާރާތްތައް މި ދައުރުގެ ތެރޭގައި އިމާރާތްކޮށްދިނުންކަމަށެވެ.

