ފުލުހުންގެ، ޑީއީޑީ، (ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން) އިން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަތަރު މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހަތަރު މީހުންނަކީ އުޅޭ ވަކިތަނެއް ނޭނގޭތީ، ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވި ތިބި ބައެއް ކަމަށެވެ. އެހެންކަމުން ފުލުހުން ބުނީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހޯދާ ހަތަރު މީހުންނަކީ:
- ޔޫނުސް ޢަބްދުއްރަޙްމާން، ގއ. ގެމަނަފުށި / ގުމްރީގެ (24އ)
- ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ / ފެހިއައްސޭރި (43އ)
- ޢަލީ ޝަމީމް، ކ. މާލެ / ދަފްތަރު ނަންބަރު ރސ. 8136(58އ)
- އިބްރާހީމް ރަޝާދު، ތ. މަޑިފުށި / މިޝަން (41އ)
މި ހަތަރު މީހުންވެސް ހޯދަނީ ތަހުގީގަށް ސުވާލު ކުރުމަށެވެ.
މި އެންމެން ވެސް ޖޫން 23 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ހަލީމް، ކްރައިމް އިންވެސްޓިގޭޝަން އިމާރާތަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން ޖެހޭ ކަމަށް ފުލުހުންގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

